އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ

ބ. އޭދަފުށި-- އީޓީ ފޮޓޯ/ފާރިހް

ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސްވެފައިވާ މީހަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ.

އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

އެހެންނަމަވެސް، މި މަރުގެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް