ފިލްމު 'އީތާ'ގެ ޓީޒާއާ އެކު ޝްރައްދާއަށް ގިނަ ބައެއްގެ ތައުރީފު

ބޮލީވުޑްގެ އެންމެ ހުނަރުވެރި ބަތަލާއިންގެތެރޭ ހިމެނޭ ޝްރައްދާ ކަޕޫރު ވަރަށް ތަފާތު ރޯލަކުން ފެންނާނެ ބައޮޕިކް ފިލްމު "އީތާ"ގެ ރަސްމީ ޓީޒާ އާއްމުކޮށްފިއެވެ.

މި ފިލްމުގެ ޓީޒާ އާއްމުކޮށް ދައްކާލުމުގެ ކުރިން މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަންފެށި ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމު "ކޮކްޓެއިލް 2"އާ އެކު ވަނީ ސިނަމާތަކުގައި ރިލީޒްކޮށްފައެވެ.

އިންޑިއާގެ މަހާރަޝްތުރާއަށް ނިސްބަތްވާ މަޝްހޫރު ތަމާޝާ އާޓިސްޓް ވިތާބާއީ ނަރަޔަންގާއޮންކަރްގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ވިތާބާއީގެ ކެރެކްޓާ ޝްރައްދާ ކުޅެފައި ވަނީ ވަރަށް ފުރިހަމަކޮށްކަން ހަމައެކަނި ޓީޒާއިން ވެސް ދައްކުވައިދީފައިވާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

މިހާތަނަށް ޝްރައްދާގެ ފިލްމީ ކެރިއަރުގައި ބަތަލާ ކުޅެފައިނުވާ ކަހަލަ ކެރެކްޓާ އަކުން ފިލްމު "އީތާ"ގައި ފެންނާނެއިރު މިއީ، ޝްރައްދާގެ އެކްޓިންގް ހުނަރު އާދަޔާ ޚިލާފަށް މޮޅު ފިލްމަކަށްވާނެ ކަމަށް ބަތަލާއަށް ތަރުހީބުދޭ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ފިލްމު "އީތާ"ގެ ޓީޒާގެ މަންޒަރެއްގައި ޝްރައްދާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "އީތާ"ގެ ޓީޒާ ރަސްމީކޮށް ބެލުންތެރިންނަށް ދައްކާލުމާ އެކު ފިލްމު ސިނަމާތަކަށް އަންނާނެ އިރަކަށް އިންތިޒާރުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝްރައްދާއަށް ތައުރީފުކުރަމުންނެވެ.

ޑައިރެކްޓަރު ލަކްޝްމަން އުތޭކަރް ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުން ޝްރައްދާގެ އިތުރުން ފެންނާނެ ތަރިންގެތެރޭ، ރަންދީޕް ހޫޑާ އަދި މުޙައްމަދު ޒީޝާން އައްޔޫބު ހިމެނެއެވެ.

މި ފިލްމަކީ "ސްޓްރީ" ފްރެންޗައިޒްގެ ކާމިޔާބީއަށްފަހު، ޝްރައްދާ އާއި ދިނޭޝް އެކުގައި މަސައްކަތްކުރާ ދެވަނަ އުފެއްދުމެވެ. ދިނޭޝް އާއި ޑައިރެކްޓަރު އުޓޭކަރު ވަނީ މީގެ ކުރިން ވިކީ ކޯޝަލް ހިމަނައިގެން "ޗާވާ"ގައި ވެސް އެކުގައި މަސައްކަތްކޮށްފައެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރުގެ މުޅިން އާ އަދި ތަފާތު ރޯލެއް ފެނިގެންދާ ބައޮޕިކް ފިލްމު "އީތާ" ގެ ރަސްމީ ޓީޒާ ވަނީ އާންމުކޮށްފައެވެ. ޑައިރެކްޓަރު ލަކްޝްމަން އުތޭކަރް ޑައިރެކްޓްކޮށް، ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމުގައި ޝްރައްދާ ކުޅެފައިވަނީ އިންޑިއާގެ މަހާރަޝްތުރާއަށް ނިސްބަތްވާ ތަމާޝާ އާޓިސްޓް ވިތާބާއީ ނަރަޔަންގާއޮންކަރްގެ ކެރެކްޓާއެވެ. ފިލްމުގެ ޓީޒާއިން ފެންނަ ޝްރައްދާގެ މޮޅު ހުނަރަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބަކާއި ތައުރީފެއް އަންނަނީ ލިބެމުންނެވެ. މި ޓީޒާ އެންމެ ފުރަތަމަ ދައްކާލާފައިވަނީ ސިނަމާތަކުގައި އަލަށް އަޅުވަންފެށި ފިލްމު "ކޮކްޓެއިލް 2" އާއެކުގައެވެ.

  • ފިލްމު "އީތާ" އަކީ މަޝްހޫރު ތަމާޝާ އާޓިސްޓް ވިތާބާއީގެ ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
  • މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.
  • ފިލްމުގެ މުހިންމު ތަރިންގެ ގޮތުގައި ޝްރައްދާގެ އިތުރުން ރަންދީޕް ހޫޑާ އަދި މުޙައްމަދު ޒީޝާން އައްޔޫބު ފެނިގެންދާނެއެވެ.
  • މިއީ ފިލްމު "ސްޓްރީ" ގެ ކާމިޔާބީއަށްފަހު ޝްރައްދާ އަދި ދިނޭޝް އެކުގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
comment ކޮމެންޓް