ނަޝީދު އިންތިޚާބުކުރެއްވިއްޖެ، އެމްޑީޕީގެ ލީޑާޝިޕަށް އިތުރު ބަދަލެއް ދެން ނުގެންނާނަން: އިބުރޭ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، އިބުރާހިމް ވަހީދު (އިބުރޭ): ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް އައު ބޭފުޅަކު އިންތިޚާބު ކުރެވުނު ނަމަވެސް، އެ ޕާޓީގެ ލީޑާޝިޕަށް އިތުރު އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި މި ފޯރިގަދަ އެތެރޭގެ އިންތިޚާބުގައި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޮޑު ތަފާތަކުން އިންތިޚާބުވެވަޑައިގަތީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.

https://sun.mv/223267

ރައީސް ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ލީޑަޝިޕުގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންގެ ތާއީދު ދެން ވާދަކުރެއްވި މެންބަރު މީކާއިލް ނަސީމަށް ދެއްވައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. މި ބޮޑު ވާދަވެރިކަމުގެ ތެރެއިން ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ޕާޓީގެ ލީޑާޝިޕަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

އެހެން ނަމަވެސް، މިހާރުގެ ޑެޕިއުޓީ ސީޕީ އިބުރޭ "ސަން" އަށް ވިދާޅުވީ ޕާޓީގެ އެންމެ މަތީ މަގާމަކީ ޗެއާޕާސަންގެ މަގާމު ކަމަށާއި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުމުން ލީޑާޝިޕަށް ބޮޑު ބަދަލެއް މިހާރު ވެސް އެ އައީ ކަމަށެވެ.

https://sun.mv/223295

"މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެ ހުންނެވީ ބޭފުޅަކު ހަމަޖައްސާފަނޫންތޯ..؟ ދެން އިތުރު ބަދަލެއް ޕާޓީގެ ލީޑަޝިޕަށް ގެނައުމުގެ ވިސްނުމެއް ނުގެންގުޅެން،" އިބުރޭ ވިދާޅުވިއެވެ.

މި ވާދަވެރި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދު މި އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 69 އިންސައްތަ ކާމިޔާބު ކުރައްވައިގެންނެވެ. އެއީ ޖުމްލަ 20,943 ވޯޓެވެ. ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަޙުމަދު ނަސީމް މި އިންތިޚާބަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ތާއީދާއެކުގައެވެ.

https://sun.mv/223260

މި އިންތިޚާބަކީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ފޯރިގަދަ އިންތިޚާބެކެވެ. ނަމަވެސް އިންތިޚާބުގެ ތެރޭގައި ކޮރަޕްޝަނާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމާއި، ސުވާލު އުފެދޭ ސިޔާސީ ޑީލްތަކުގެ ތުހުމަތުތައް ދެ ފަރާތަށް ވެސް ކުރެވިފައިވެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދީފައިވަނީ މިއަހަރުގެ އޭޕްރީލް 22 ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޮޑު ތަފާތަކުން އިންތިޚާބުވެވަޑައިގެންފިއެވެ. މި އިންތިޚާބުގައި ނަޝީދު ވަނީ 69 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. މި ބަދަލާއެކު ޕާޓީގެ ލީޑާޝިޕަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެކަމަށް ގިނަ ބަޔަކު ލަފާކުރި ނަމަވެސް، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވަނީ ލީޑާޝިޕަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތްކަން ހާމަކުރައްވާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދީފައިވަނީ އޭޕްރީލް 22 ގެ ނިޔަލަށް ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މެންބަރުންނަށެވެ.

  • އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގަތީ 20943 ވޯޓުންނެވެ.
  • ނަޝީދާ ވާދަކުރެއްވި މީކާއީލް ނަސީމަށް ޕާޓީގެ އިސް ސަފުގެ ގިނަ ބޭފުޅުންގެ ތާއީދު އޮތެވެ.
  • ޕާޓީގެ ލީޑާޝިޕަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުމެއް ނެތްކަމަށް ޑެޕިއުޓީ ޗެއާޕާސަން ޔަގީންކަން ދެއްވިއެވެ.
  • މި އިންތިޚާބަކީ ކޮރަޕްޝަނާއި ނުފޫޒުގެ ތުހުމަތުތައް ދެ ފަރާތަށްވެސް ކުރެވުނު ފޯރިގަދަ އިންތިޚާބެކެވެ.
comment ކޮމެންޓް