ސޯލިހު ނަޝީދަށް: ނަޝީދުގެ ތަޖުރިބާގެ އަލީގައި މި ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ޔަގީން

ސެޕްޓެމްބަރު 24، 2023: ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ތަޖުރިބާގެ އަލީގައި މި ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަން ޔަގީން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު ޗެއާޕާސަން އިންތިޚާބު ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ ވާދަކުރެއްވުމަށް ފަހެވެ.

މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ. އަދި ސޯލިހު ހުންނެވީ މީކާއީލަށް ތާއީދުކުރައްވައިގެންނެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވަނީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވި ނަޝީދަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައިފައެވެ.

އެމަނިކުފާނު ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަކަން ފާހަގަކުރައްވައިފައެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ނަޝީދުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވަނީ އިންތިޚާބުގައި މީކާއީލް ކުރެއްވި މަސައްކަތް ވަރަށް ކައިރިން ދުށް މީހެއްގެ ހައިސިއްޔަތުން މީކާއީލަށް މަރުޙަބާ ދަންނަވައިފައެވެ. އަދި މީކާއީލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވިދާޅުވެ ވަނީ ތައުރީފުކުރައްވައިފައެވެ.

ހަމައެއާއެކު އަނެއްކާ ވެސް އެމްޑީޕީން ފެނިގެން މި ދިޔައީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ފައްކާވެ ފުރިހަމަ ވަމުން އަންނަ މަންޒަރު ކަމަށް ސޯލިހު ވިދާޅުވިއެވެ.

"ޕާޓީއާގެން ކުރިއަށް ދާންވީ އެންމެން އެކީ،" ސޯލިހު ވިދާޅުވިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފައެވެ. މި އިންތިޚާބުގައި ނަޝީދު ކާމިޔާބު ހޯއްދެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއީލް އަޙުމަދު ނަސީމާ ވާދަކުރައްވައިގެންނެވެ. ސޯލިހު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެ ޕާޓީން ގިނަގުނަ ސިޔާސީ މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު، ނަޝީދުގެ ދިގު ސިޔާސީ ތަޖުރިބާގެ އަލީގައި މި މަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މީގެއިތުރުން، އިންތިޚާބުގައި މީކާއީލް ދެއްކެވި ހިތްވަރަށް ތަޢުރީފުކުރައްވައި، އޭނާގެ ސިޔާސީ މުސްތަޤުބަލު އުޖާލާކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ. މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ. ސޯލިހު ވިދާޅުވި ގޮތުގައި މި އިންތިޚާބުން ފެނިގެންދިޔައީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ފުރިހަމަވަމުން އަންނަ މަންޒަރެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީގެ އެންމެހާ މެންބަރުން އެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

  • އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް މީކާއީލް އަޙުމަދު ނަސީމާ ވާދަކުރައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކާމިޔާބުކުރެއްވުން.
  • ނަޝީދުގެ ސިޔާސީ ތަޖުރިބާ ބޭނުންކުރައްވައިގެން މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުވޭނެކަމުގެ ޔަގީންކަން ކުރީގެ ރައީސް ސޯލިހު ދެއްވުން.
  • އިންތިޚާބުގައި ވާދަކުރެއްވި މީކާއީލްގެ މަސައްކަތްތަކަށް ސޯލިހު ތަޢުރީފުކުރައްވައި އޭނާގެ ސިޔާސީ މުސްތަޤުބަލު އުޖާލާކަމަށް ވިދާޅުވުން.
  • މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ފައްކާވަމުން އަންނަކަމުގެ ހެއްކެއްކަމަށް ސޯލިހު ސިފަކުރެއްވުން.
  • ކުރިއަށް އޮތް ދުވަސްތަކުގައި ޕާޓީގެ ހުރިހާ ފަރާތްތަކެއް ގުޅިގެން އެކީގައި ކުރިއަށްދިއުމަށް ސޯލިހު ގޮވާލެއްވުން.
comment ކޮމެންޓް