މާލޭގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

ފުލުހުން މަގުމަތީގައި: މާލޭގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދު މަރުވެއްޖެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ފެނިފައިވަނީ ބަންދު ގޮޅީގައި ވެއްޓިފައި އޮއްވައެވެ. މިއަދު ހަވީރުގެ ވަގުތެއްގައި އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް މައުލޫމާތު ދީ، މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

  • މާލެ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު މަރުވުން.
  • މަރުވެފައިވަނީ އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދު.
  • އޭނާ ފެނުނީ ބަންދު ގޮޅިތެރެއަށް ވެއްޓިފައި އޮއްވައި.
  • ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައި.
  • އެޗްއާރުސީއެމް އަދި އެންއައިސީއަށް މައްސަލަ ހުށަހެޅުން.

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު މިއަދު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައި އޮއްވައި ފެނިގެން މިއަދު ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ މ. ރޭއަލިވާގެއާގެ/ މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް