ކުޅުދުއްފުށިން ގެއްލުނު 59 އަހަރުގެ މީހަކު، މަރުވެފައި އޮއްވައި މޫދުން ފެނިއްޖެ

ކުޅުދުއްފުށީ: ކުޅުދުއްފުށިން ގެއްލުނު 59 އަހަރުގެ މީހަކު ފެނުނީ މޫދު އަޑިން ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ ކުޅުދުއްފުށި އޮންލައިން

ހދ. ކުޅުދުއްފުށި ސިޓީން މިއަދު މެންދުރުފަހު ގެއްލިގެން ހޯދަމުންދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު ބޮޑަވަކިވާ ބީޗް މޫދު އަޑިން ފެނިއްޖެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 13:48 ހާއިރުއެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ 15:00 ހާއިރުއެވެ. އޭނާ މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

  • ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔައީ 59 އަހަރުގެ ފިރިހެނެއް
  • މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 13:48 ހާއިރު
  • އެ މީހާ ފެނިފައިވަނީ 15:00 ހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން
  • މިހާރު އެ މީހާ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި
  • މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ހޯދަމުން ދިޔަ 59 އަހަރުގެ ދިވެހި ފިރިހެނަކު، މަރުވެފައި އޮއްވައި މޫދު އަޑިން ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ކުޅުދުއްފުށިން މީހަކު ގެއްލިފައިވާ މައްސަލައެއް 13:48 އެހައިކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެ މީހާ ފެނިފައިވަނީ 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ މީހާ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން އަންގައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވެފައި ވަނީ ކުޅުދުއްފުށީ، ބަޑިފަސްގަޑުގެ، ސުލައިމާން ޙުސައިނެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް