ހަ ރޯދަ ވެރިންނަށް ބަހަން ޗަމްޕާ ބްރަދާސްއިން 25 ޓަނުގެ ކަރާ ދީފި

ޗަމްޕާސް ބްރަދާސްއިން ބަހަން ގެނައި ކަރާ--

ޗަމްޕާ ބްރަދާސްއިން ހަ ރޯދަ ވެރިންނަށް ބެހުމަށްޓަކައި 25 ޓަނުގެ ކަރާ ހަދިޔާކޮށްފިއެވެ.

މި ފަހުން ކޮންމެ ރޯދަ މަހަކު ވެސް ޗަމްޕާސް ބްރަދާސްގެ ފަރާތުން ދިވެހި ރައްޔިތުންނަށް އަންނަނީ ހަދިޔާ ބަހަމުންނެވެ.

ޗަމްޕާސް ބްރަދާސްއިން ބުނިގޮތުގައި ހަ ރޯދަ ވެރިންނަށް ބެހުމަށްޓަކައި 25 ޓަނުގެ ކަރާ މިހާރު ވާނީ ލޯކަލް ގަވަމެންޓް މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ، ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)---

މިއަހަރުގެ ރޯދަ މަހު އެކަނި ވެސް ޗަމްޕާ ބްރަދާސްއިން 95 ޓަނު ކަރައާއި 90 ހާސް ކާއްޓާއި 10 ޓަނު ފިޔާގެ އިތުރުން 10 ޓަނު އަލުވި ވަނީ ރައްޔިތުންނަށް ބަހައިފައެވެ.

މިދިޔަ އަހަރު ވެސް ޗަމްޕާ ބްރަދާސްގެ ފަރާތުން ވަނީ މި ތަކެތި ހަދިޔާ ކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ، ޗަމްޕާ ހުސައިން އަފީފާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ޗަމްޕާ ބްރަދާސްއަކީ، ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދީލަތި އެހީތަކެއްވާ ކުންފުންޏެކެވެ.

comment ކޮމެންޓް