ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކި 7 ބިދޭސީން ހައްޔަރުކޮށްފި

މީހަކު ޑޮލަރުތަކެއް ގުނަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ ވިޔަފާރި ފުޅާކޮށް ކުރަމުން އައި ހަތް ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ގަވާއިދާ ޚިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީންނަށް އަމާޒުކޮށް 'މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ' އިން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ޚާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން މި މަހުގެ ނުވަވަނަ ދުވަހު ހިންގައިފައި ވާކަމަށެވެ.

އެގޮތުން މ. ސްޓާކްލައުޑްސް އިމާރާތުގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް ކައިރީގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީނ،ް
ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމައި ހަރަކާތްތެރިވާކަން އިމިގްރޭޝަނަށް ފާހަގަކުރެވ،ި އެމީހުން ދެނެގަތުމަށް ވަނީ ހާއްސަ ހަރަކާތްތަކެއް ހިންގާފައި ވާކަމަށް އެ ބަޔާނުގައިވެއެވެ.

އަދި މި އޮޕަރޭޝަން ހިންގާފައިވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައިވާ ގޮތުން މި އޮޕަރޭޝަންގައި ޖުމްލަ ހަތް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެތެރޭގައ،ި ސައްހަ ވީޒާއެއް
ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއ،ި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭ ކަމަށް ބަޔާނުގައިވެއެވެ.

މި ސަރުކާރުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފައެވެ.

އޭގެ ތެރެއިން އެކި ކުށްތަކުގައި ޝާމިލުވާ ބިދޭސީންވަނީ ފާހަގަކުރެވިފައެވެ.

comment ކޮމެންޓް