ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އިތުރުކުރަން ނިންމާފައިވާ ނިންމުމަކަށް މިއަދުން ފެށިގެން އަމަލު ކުރާ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް، އެ ނިންމުމަށް އަމަލުކުރުން ފަސްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާގައި އަންގައިފައި އޮތީ، ފަންނީ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ވަގުތު 8:00އިން 14:00ގެ ބަދަލުގައި، 8:00އިން 16:00އަށް އިތުރުކުރަން ނިންމައިވަފައިވާ ކަމަށެވެ.
ނަމަވެސް ހެލްތު މިނިސްޓްރީން މިއަދު "ސަން"އަށް ބުނީ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރަން ނިންމާފައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެހެންވެ، ކަމާ ގުޅުންހުރި ފަރާތްތަކާ އިތުރަށް މަޝްވަރާ ކުރުމަށް ޓަކައި ވަކި ގޮތެއް އަންގަންދެން، ކުރިއެކޭ އެއްގޮތަށް މުވައްޒަފުން މަސައްކަތް ކުރަމުން ދިޔުމަށް އަންގައިފައިވާ ކަމަށެވެ.
ބައެއް މީޑިއާތަކުގައިވާ އެ ބަދަލު ގެނެސްފައިވަނީ، ދައުލަތުގެ އާ 'ޕޭ ފްރޭމްވޯކް'ގެ ދަށުން މުސާރަ އިތުރުވި މުވައްޒަފުންނަށެވެ.
މިދިޔަ ސަރުކާރުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކޮށްފައިވަނީ މިދިޔަ މެއި މަހުގެ އެކެއްގައެވެ.