ނެޓްފްލިކްސްއިން ކޮރިއަން ކޮންޓެންޓަށް ދެ ބިލިއަން ޑޮލަރު

ނެޓްފްލިކްސްގެ އެންމެ މަގުބޫލު ޝޯ ކަމަށްވާ ސްކުއިޑް ގޭމް އިން މަންޒަރެއް --

ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްއިން ދެކުނު ކޮރިއާގެ އޮރިޖިނަލް ކޮންޓެންޓު އުފެއްދުމަށް 2.5 ބިލިއަން ޑޮލަރު ހަރަދު ކުރުމަށް ނިންމައިފިއެވެ.

ނެޓްފްލިކްސްއިން މި ހަފުތާގައި އިއުލާނުކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އޮރިޖިނަލް ކޮންޓެންޓްތަކުގެ ތެރެއަށް ދެކުނު ކޮރިއާގެ އުފެއްދުންތައް އިތުރު ކުރުމަކީ އެ ކުންފުނީގެ އުއްމީދެކެވެ.

އެއާއެކު ކުރިއަށް އޮތް ހަަތަރު އަހަރުގެ ތެރޭގައި ތަފާތު އާ ކޮރިއަން ކޮންޓެންޓު އުފެއްދުމަށް 2.5 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ނެޓްފްލިކްސްއިން ބުނެއެވެ. މީގެ ތެރޭގައި އޮރިޖިނަލް ޝޯތަކާއި ފިލްމުތަކުގެ އިތުރުން ރިއެލިޓީ ޝޯތައް ވެސް ހިމެނޭނެ ކަމަށް ނެޓްފްލިކްސްއިން ވަނީ ފާހަގަކޮށްފައެވެ.

މީގެ ކުރިން ވެސް ވަނީ ދެކުނު ކޮރިއާގެ އުފެއްދުންތައް ދެއްކުމަށް އިންވެސްޓް ކޮށްފައެވެ. އެގޮތުން މީގެކުރިން އިންވެސްޓް ކޮށްފައިވަނީ 700 މިލިއަން ޑޮލަރެވެ. އަދި އެކަމުގެ ނަތީޖާ ވެސް ވަނީ ނެޓްފްލިކްސް އަށް ފެނިފައެވެ.

ނެޓްފްލިކްސް އިން އެންމެ ގިނަ ބަޔަކު ބަލާ އުފެއްދުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ގިނަ ފަހަރަށް ދެކުނު ކޮރިއާގެ ޝޯތަކާއި ފިލްމުތަކެވެ. އެގޮތުން މިހާތަނަށް ނެޓްފްލިކްސްއިން ރިލީޒްކޮށްފައިވާ އެންމެ މަގުބޫލު އުުފެއްދުންތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ދެކުނު ކޮރިއާގެ ޝޯއެއް ކަމަށްވާ "ސްކުއިޑް ގޭމްސް" އެވެ. ނެޓްފްލިކްސްއިން 2020 ވަނަ އަހަރުގައި ރިލީޒްކުރި މި ތުރިލާ ޝޯ އިންތިހާއަށް ކަމުދިޔަ އިރު އެއަށްވުރެ ގިނައިން ބަލާފައިވާ ޝޯއެއް އަދި ފިލްމެއް ވެސް ނެޓްފްލިކްސްގެ ނެތެވެ.

comment ކޮމެންޓް