ކޭޓީވީ މޯލްޑިވްސް: މާލޭގައި މި ވަގުތު ހުރި އެންމެ ޒަމާނީ ކަރޯކޭ ސެންޓަރު

ކޭޓީވީގެ ކަރޯކޭ ސެންޓަރު

ލަވަކިއުމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ހާއްސަކޮށް ކޭޓީވީގެ ކަރޯކޭ ސެންޓަރު އިތުރަށް ފުރިހަމަކޮށް ރޭ ހުޅުވައިފިއެވެ.

ލޮނުޒިޔާރަތްމަގު ކެފޭ ވެރަންޑާ/ހ.ގެމަ ގްރައުންޑް ފްލޯގައި ހިންގަމުން ދާ ކޭޓީވީ އާ ބަދަލުތަކާ އެކު އަލަށް ހުޅުވިއިރު، މިހާރު އެ ތަނަކީ މާލޭގައި ހިންގަމުން އަންނަ ކަރޯކޭ ސެންޓަރުތަކުގެ ތެރެއިން އެންމެ ފުރިހަމައަށް ތަރައްޤީ ކޮށްފައިވާ ކަރޯކޭ ސެންޓަރެވެ.

ކޭޓީވީއާ ބެހޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އެ ތަނުގެ މެނޭޖަރު ތޯއިފް ސައީދު ވިދާޅުވީ، އެ ކަރޯކޭ ސެންޓަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޖާގައިގެ ގޮތުން ތަނަވަސްވުން ކަމަށެވެ. އެގޮތުން އެއް ފަހަރާ 12 ނުވަތަ 15 މީހުންނަށް ވަދެވޭނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އާ ބަދަލުތަކާ އެކު، ކޭޓީވީގެ ކަރޯކޭ ސެންޓަރު ހަސަން ޒާހިރު (ގާލީ) ރޭ ހުޅުވައިދެއްވަނީ...

"މިހާރު މާލޭގައި ހިންގަމުންދާ ކަރޯކޭ ގިނަ ސެންޓަރުތަކަކީ ޖާގައިގެ ގޮތުން އެހާ ތަނަވަސް ތަންތަނެއް ނޫން. ނަމަވެސް މި ތަން ފަރުމާކޮށްފައިވަނީ ގިނަ ބަޔަކަށް އެއް ފަހަރާ ބޭނުން ކުރެވޭ ގޮތަށް. އަނެއް ކޮޅުން އުފަންދުވަހުގެ ޕާޓީތަކަށާއި ބްރައިޑަލް ޝަވާ ހަރަކާތްތަކަށް ކުޑަ އަގަކަށް މި ތަން ވަރަށް އެކަށީގެންވާނެ" ތޯއިފް ވިދާޅުވިއެވެ.

އުފަންދުވަސް ފާހަގަކުރުމާއި ބްރައިޑަލް ޝަވާ ނުވަތަ އެނޫން ވެސް އެފަދަ މުނާސަބާ ފާހަގަކުރުމުގައި ކަރޯކޭ ސެންޓަރުތައް ބޭނުންކުރުމަކީ ޒުވާނުންގެ މެދުގައި މިހާރު ވަރަށް ބޮޑަށް އާއްމުވަމުން އަންނަ ޓްރެންޑެކެވެ.

ތޯއިފް ވިދާޅުވީ ތަނަވަސް ޖާގައެއް އޮތުމާ އެކު އެފަދަ ހަރަކާތްތަކަށް ކޭޓީވީ ކަރޯކޭ ސެންޓަރުގެ މުހިއްމުކަން ބޮޑު ކަމަށެވެ.

ކޭޓީވީގެ ކަރޯކޭ ސެންޓަރުގައި ބޭނުންކުރަނީ، އޮރިޖިނަލް ޖޭބީއެލް ސައުންޑް ސިސްޓަމެވެ. މި ތަނުގެ ސައުންޑް ކޮންޓްރޯލް އަދި ސައުންޑް ސެޓަޕް ހެދިފައިވަނީ ކަރޯކޭ ސެންޓަރުތަކުގައި ހުންނަންޖެހޭ އެންމެ ރަނގަޅު މިންގަނޑަށެވެ.

ކޭޓީވީގެ ކަރޯކޭ ސެންޓަރ ހުޅުވުމުގެ ތެރެއިން--- ސަން ފޮޓޯ/މުހައްމަދު ޝާތިއު

ކޭޓީވީގެ އިންޓީރިއާ ޑިޒައިނަށް ބަލާއިރު، މި ތަނުގެ އެތެރެ ފަރުމާކޮށްފައިވަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު ޒަމާނީ ކަރޯކޭ ސެންޓަރެއްގެ ގޮތުގައެވެ. އުފަންދުވަސް ފާހަގަކުރުމާއި ބްރައިޑަލް ޝަވާ ފަދަ ހަރަކާތްތަކަށް މި ތަނުގެ މާހައުލު ފުރިހަމައެވެ.

ކޭޓީވީގެ ކަރޯކޭ ޕްލޭ ލިސްޓަށް ބަލާއިރު، ޓްރެކްގެ އަދަދު އުޅެނީ ފަސް މިލިއަނަށް ވުރެ މަތީގައެވެ. މީގެ ތެރޭގައި އިނގިރޭސި ލަވައިގެ އިތުރުން އިތުރު ބަސްތަކުގެ ލަވަތައް ހިމެނެއެވެ.

ކޭޓީވީގެ ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމެއް ލިބެނީ ކެފޭ ވެރަންޑާއިންނެވެ. އެގޮތުން ކަރޯކޭ ޖެއްސުމަށް އަންނަ ފަރާތްތަކަށް ވެރަންޑާ ކެފޭއިން އެކި ބާވަތްތަކުގެ ބުއިންތަކާއި، އެނޫން ވެސް ތަކެތި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ލިބޭނެއެވެ.

ކޭޓީވީން ވަނީ ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަނަލް އަގެއް ހަމަޖައްސައިފައެވެ. އެގޮތުން ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ 15:00 އިން 18:00އަށް 199 ރުފިޔާއަށް ކޭޓީވީ ބުކް ކޮށްލެވޭނެއެވެ.

ކޭޓީވީގެ އަގުތަކާއި ބުކް ކުރެވޭނެ އިންތިޒާމުތައް ކޭޓީވީގެ އިންސްޓަގްރާމް ޕޭޖުން ލިބޭނެއެވެ.

comment ކޮމެންޓް