ކަންގަނާގެ "ތޭޖާސް"ގެ ޝޫޓިން ކުރިއަށް!

ފިލްމުގެ ޕޯސްޓަރެއްގައި ކަންގަނާ--

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާ ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތޭޖާސް"ގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ނިންމާލައިފިއެވެ.

ޝޫޓިން ނިންމާލުމަށްފަހު ކަންގަނާ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ މި ފިލްމަކީ އޭނާގެ ކެރިއަރުގައި ވަރަށް މުހިއްމު ކެރެކްޓާއެއް ކުޅޭ ފިލްމެއް ކަމަށާއި މި ފިލްމަކީ އެހެން ފިލްމުތަކާ ޚިލާފަށް ތަފާތު ފިލްމެއް ކަމަށެވެ.

ކަންގަނާގެ ތޭޖާސްގެ ތިން ވަނަ ޝެޑިއުލްގެ ޝޫޓިން މި މަހު ފަހުކޮޅު ފަށާނެއެވެ. އެއާފޯސް ޕައިލެޓެއްގެ ރޯލު ކުޅެލަން ލިބުމުން ކަންގަނާ ބުނީ ކުޑައިރުންފެށިގެން ވެސް ސޯލްޖާއެއްގެ ރޯލު ކުޅުމަކީ ހުވަފެނެއް ކަމަށެވެ. ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ނިންމާލުމަށްފަހު ކަންގަނާ ވަނީ ފިލްމުގެ "ބިހައިންޑް ދަ ސީން"ގެ ބައެއް މަންޒަރުތައް ދައްކާލާފައެވެ. މި ޝެޑިއުލްގެ ޝޫޓިން ކުރިއަށް ގެންދިޔައީ ދިއްލީ އަދި ރާޖަސްތާނުގައެވެ.

ކަންގަނާ ބުނީ މި ފިލްމުގެ ކެރެކްޓާއަކީ ވަރަށް ކުރިން ފެށިގެން ވެސް އޭނާ ވަރަށް ކުޅޭ ހިތްވާ ކެރެކްޓާއެއްކަމަށެވެ. ޒަމާންތަކެއް ފަހުން ވެސް މި ފަދަ ރޯލެއް ކުޅެލަން ލިބުމުން ފިލްމުގައި އޭނާގެ މެކްސިމަމް ދައްކާނެ ކަމަށްވެސް ކަންގަނާ ވަނީ ބުނެފައެވެ.

މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް