ކައުންސިލް އިންތިހާބުގައި މާލޭސިޓީ ނުލިބުނީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން: ނަޝީދު

-- ފައިލް ފޮޓޯ/ މަޖިލިސް

މި އަހަރުގެ އެޕްރީލް މަހުގެ ތެރޭ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ އިން ބޮޑު ނާކާމިޔާބީއެއް ލިބުނީ ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޑީއެންއޭ ނޫހާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ޕާޓީގެ މައި އަސާސްތަކާއި ހަމަތަކުން ދުރުވެ މައިނޯރިޓީއެއް ރުއްސަން އުޅޭނަމަ ރައްޔިތުންނަށް އެކަން ފާހަގަ ވާނެކަމަށެވެ.

"އަޅުގަނޑުމެންނަށް ލޯކަލް ކައުނސްިލް އިންތިހާބު ނާކާމިޔާބުވީ އެމްޑީޕީގެ މެމްބަރުންވެސް އަޅުގަނޑުމެންނަށް ވޯޓް ނުދިނީމަ." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންނަށް އެމްޑީޕީގެ ސަރުކާރުގެ އަމަލުތައް ކަމުނުދާކަމަށެވެ. އަދި ކައުންސިލް އިންތިހާބުން ރައްޔިތުން އެކަން އަންގައިދީފިކަމަށެވެ.

ފަހަކަށް އައިސް ރައީސް ނަޝީދު އަންނަނީ ރައީސް ސޯލިހު ސަރުކާރު ހިންގަވާގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި އެމަނިކުފާނާ ރައީސް ސޯލިހާ ދެމެދު މައްސަލަ އެއް ނެތްނަމަވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށްވަނީ އެއްބަސްވެވަޑައިގެންފައެވެ.

އަދި ކޯލިޝަންގެ މެމްބަރުންގެ ތެރެއިން އަދާލަތާއި މެދު ރައީސް ސޯލިހު ގެންގުޅުއްވާ ސިޔާސަތަށްވެސް ރައީސް ނަޝީދުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

އެއާއެކު ޕީޕީއެމް އަދި ރައީސް ޔާމީނާއެއްކޮށް މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް