ރަށްފަޅު ހުރާގައި ބިދޭސީން ހަމަނުޖެހުން ހިންގީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުން

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ. ރަށްފަޅު ހުރާ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ރަށްފަޅުހުރާ ގައި ބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހަމަނުޖެހުމުގެ މައުލޫމާތު މިއަދު 13:20 ހާއިރު ލިބުމާއެކު ފުލުހުން ވަނި ހަރަކާތްތެރިވާން ފަށާފަ އެވެ. އަދި ފުލުހުންގެ ޓީމެއް ވަނީ ހަމަނުޖެހުން ކޮންޓްރޯލު ކުރަން އެރަށަށް ގޮސްފަ އެވެ.

"ހަމަނުޖެހުން ހިންގާފައިވަނީ ކޮވިޑް19އާ ގުޅިގެން ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމަންޓްގެ ފަރާތުން މުވައްޒަފުން ވަކި އުސޫލުތަކެއްގެ މަތިން ކަންކަން ކުރުމަށް އަންގާފައިވާތީ އެކަންކަމާ މެދު ހިތްހަމަނުޖެހިގެންކަން ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ." ފުލުހުން ބުނެފައިވެ އެވެ.

ހަމަނުޖެހުން ކޮންޓްރޯލުކުރި ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް