ހުޅުމާލޭގައި ކާރެއް ފުރޮޅާލައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ފުރޮޅާލި ކާރު --

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ފަތިހު ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 5:35 އެހާކަންހާއިރެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިގެންނެވެ.

ފުލުހުން ބުނީ، އެ ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެކަމަކު، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސެންސު ވަނީ ހިފަހައްޓާފައެވެ. އަދި، ފުރޮޅާލި ކާރު ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ހުޅުމާލޭގައި އެކްސިޑެންޓު ހިނގުން އާންމުވެފައިވާއިރު، ބައެއް އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާ ލިބިގެން ފަރުވާ ހޯދަމުން އަންނަނިކޮށް މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް