ކަރަންޓީން ފެސިލިޓީތަކުން ފިލި 11 ބިދޭސީއަކު ހޯދަނީ

ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް އެތަންތަނުން ފިލި 11 ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ވަނީ އެ 11 ބިދޭސީންގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައެވެ. ފުލުހުން ބުނީ އެ 11 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބައެއް ކަމަށާއި، އެމީހުން ފިލީ އަނބުރާ ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން އަންނަ 11 މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެމީހުންނަކީ:

1. ރޮޕަކް ކުރި، ލަކްސްމިޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0938722)،

2. ބައްޗު، ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BR0872347)،

3. އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BH0071524)،

4. އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0843257)،

5. ސުމޮން އަހްމަދު، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0876943)،

6. ރަބް، ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0857437)،

7. މުހައްމަދު ރުބެލް މިއަހް، ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0329984)،

8. މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0081953)،

9. އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0067339)،

10. ޚޯކޮން މާލިކު، ޗަންދުޕޫރ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0536661)،

11. ޝަހާދަތު ޙޮސައިން، ޗަންދުޕޫރ، ބަންގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: BE0524543)، އެވެ.

އެމީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެކުރިން ވެސް ކަރަންޓީނު ފެސިލިޓީތަކުން ބިދޭސީން ވަނީ ފިލައިފައެވެ. ކޮވިޑް19 އާ ގުޅިގެން ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ ބިދޭސީން ފެސިލިޓީތަކަށް ބަދަލުކޮށް، އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނާއި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުރުވާލައިފައެވެ.

comment ކޮމެންޓް