އައިފާ އެވޯޑްސް 2019: އެންމެ ގިނަ ނޮމިނޭޝަންތައް ފިލްމު "އަންދާދުން"އަށް

ކުރިން ބޭއްވި އައިފާ އެވޯޑްސް ހަފްލާގެ ތެރެއިން----

މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު ސްރީރާމް ރާގަވަން ގެ ކާމިޔާބު ފިލްމު "އަންދާދުން" އަށް ކުރިއަށް އޮތް އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެކެޑަމީ (އައިފާ) އެވޯޑުގެ ގިނަ ކެޓަގަރީތަކަކުން އެވޯޑަށް ނޮމިނޭޓް ވެއްޖެއެވެ.

އެ ފިލްމު ވަނީ ޖުމްލަ 13 ކެޓެގަރީއަކުން ނޮމިނޭޓްވެފައެވެ. އެ ކެޓަގަރީތަކަކީ އެންމެ މޮޅު ޑައިރެކްޝަން، އެންމެ މޮޅު ވާހަކަ، އެންމެ މޮޅު އަންހެން ބަތަލާ، އެންމެ މޮޅު ފިރިހެން ބަތަލު، އެންމެ މޮޅު އަންހެން ސަޕޯޓިން ލީޑު، އެންމެ މޮޅު މިއުޒިކް ޑައިރެކްޝަން، އެންމެ މޮޅު ލިރިކްސް، އެންމެ މޮޅު ފިރިހެން ޕްލޭ ބެކް ލަވަކިޔުންތެރިޔާ، ބެސްޓް ޕިކްޗާ، ސައުންޑް މިކްސިން، ސްކްރީންޕްލޭ، އެޑިޓިން އަދި ބެކްރައުންޑް ސްކޯއެވެ.

އެ ފިލްމާ އެންމެ ގާތުން ވާދަކުރަނީ އާލިއާ ބަޓްގެ "ރާޒީ" އާއި ދީޕިކާ ޕަދުކޯންގެ "ޕަދުމާވަތު"އެވެ. އެއިން ކޮންމެ ފިލްމެއް ވަނީ 10 ކެޓަގަރީއަކުން ނޮމިނޭޓްވެފައެވެ.

ފާހަގަކޮށްލެވޭ އެވޯޑުގެ ނޮމިނޭޝަންތައް:

އެންމެ މޮޅު އެކްޓަރު (ފިރިހެން):

އަޔުޝްމަން ކުރާނާ (އަންދާދުން)

ރާޖްކުމާރު ރާއޯ: (ސްޓްރީ)

ރަންބީރު ކަޕޫރު: (ސަންޖޫ)

ރަންވީރު ސިންހް: (ޕަދްމާވަތު)

ވިކީ ކޯޝަލް: (ރާޒީ)

އެންމެ މޮޅު އެކްޓަރު (އަންހެން):

އާލިއާ ބަޓް: (ރާޒީ)

ދީޕިކާ ޕަދުކޯން: (ޕަދްމާވަތު)

ނީނާ ގުޕްތާ: (ބަދާއީ ހޯ)

ރާނީ މުކަރްޖީ: (ހިޗްކީ)

ތާބޫ: (އަންދާދުން)

އެންމެ މޮޅު ޑައިރެކްޓަރު:

މެންގާ: (ރާޒީ)

ސަންޖޭ ލީލާ ބަންސާލީ: (ޕަދުމާވަތު)

ރާޖްކުމާރު ހިރާނީ: (ސަންޖޫ)

ބަދާއީ ހޯ: (އަމިތު ޝަރުމާ)

ސްރީރާމް ރަގްވަން: (އަންދާދުން)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު ( ފިރިހެން)

އަނިލް ކަޕޫރް: (ރޭސް 3)

ޖިމް ސަރްބް: (ޕަދުމާވަތު)

މަނޯޖް ޕަހްވާ: (މުލްކް)

ޕަންކަޖް ތުރިޕަތީ (ސްޓްރީ)

ވިކީ ކޯޝަލް (ސަންޖޫ)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު ( އަންހެން)

އަދިތީ ރާއޯ ހައިދަރީ: (ޕަދުމާވަތު)

ނީނާ ގުޕްތާ: (މުލްކް)

ރާދިކާ އަޕްޓޭ: (އަންދާދުން)

ސުރޭޚާ ސިޚްރީ: (ބަދާއީ ހޯ)

ސްވަރާ ބާސްކަރް: (ވީރޭ ދީ ވެޑިން)

މިއަހަރުގެ އައިފާ އެވޯޑް ހަފްލާކުރިއަށްދާނީ އިންޑިއާގެ މުމްބާއީގައި މި މަހު 17 ގައެވެ.

comment ކޮމެންޓް