ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހިޔާ މަޝްރޫއުގެ ފޯމްތައް ފުުރުމުގައި އެމްބަސީން އެހީތެރިވަނީ

ލަންކާގައި ހުންނަ ރާއްޖޭގެ ކަލްޗަރަލް ސެންޓަރުގައި ދިވެހިން ނަމާދު ކުރަނީ--- ފޮޓޯ/ އެމްއީސީސީ

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ހިޔާ މަޝްރޫއުގެ ފޯމްތައް ފުރުމުގައި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ލަންކާ އެމްބަސީގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ ހިޔާ މަޝްރޫއުގެ ފޯމްތައް ފުުރުމުގައި ދަތި ތަކެއް ދިވާވެގެން އެމްބަސީގެ އެހީތެރިކަމް ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

" ހިޔާ މަޝްރޫއުގެ ބައިވަރު ކެޓަގަރީތައް ހިމެނޭ. އޭގައި ހިމެނޭނެ ބައިވަރު ކެޓަގަރީތައްވެސް ޝަތުރު ހަމަވާ. ދެން ހައުސިން މިނިސްޓްރީގެ ބޭފުޅުންނަށް ދެއްތޯ ފަންނީ މައުލޫމާތު ދެވޭނީވެސް،" ލަންކާ އެމްބަސީގެ އޮފިޝަލު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފޯމްތައް ފުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަދި މައުލޫމާތު ދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00ން ހަވީރު 04:00 އަށް ލަންކާގައި ހުންނަ ސޯސަންވިލާގައި ހިންގާ ކަލްޗަރަލް ސެންޓަރުގައި ހާއްސަ ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށްވެސް އެމްބަސީން ބުންޏެވެ.

އެ ޕްރޮގްރާމްގައި މައުލޫމާތު ދެއްވާނީ ހައުސިން މިނިސްޓްރީގެ ފަންނީ ބޭފުޅުން ކަމަށްވެސް އެމްބަސީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ބައިވުމަށް ބޭނުންވާ ފަރާތްތަކަށް ދައުވަތު އަރުވާކަމަށެވެ.

comment ކޮމެންޓް