އިކުއެޑޯގެ ކުރީގެ ރައީސް ހައްޔަރު ކުރަން އަމުރު ނެރެފި

އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރެއާ -- ފޮޓޯ: އޭއެފްޕީ

ކީޓޯ (ޖުލައި 4): އިކުއެޑޯގެ ކުރީގެ ރައީސް ރަފައެލް ކޮރެއާ ހައްޔަރު ކުރަން އެގައުމުގެ ކޯޓަކުން އިއްޔެ އަމުރު ނެރެފިއެވެ.

ބެލްޖިއަމްގައި މިހާރު ދިރިއުޅުއްވާ ކޮރެއާ ހައްޔަރު ކުރަން އަމުރުކޮށްފައި ވަނީ އޭނާގެ ވެރިކަމުގައި 2012 ވަނަ އަހަރު އިދިކޮޅު މަޖިލިސް މެމްބަރެއް ކަމަށްވާ ފާނަންޑޯ ބަލްޑާ ކިޑްނެޕް ކުރަން އަމުރު ކުރި ކަމުގެ ތުހުމަތުގައެވެ.

ބަލްޑޯ ކިޑްނެޕް ކުރީ އޭނާގެ މައްޗަށް އަބުރަށް އަރައިގަތް ކަމުގެ ދައުވާ ސާބިތުވުމުން ކޮލަމްބިއާއަށް ދިޔަ ފަހުންނެވެ. އަދި ކޮލަމްބިއާގެ ފުލުހުން ބަލްޑޯ ސަލާމަތް ކުރުމަށް ފަހު، އެމައްސަލަ ތަހުގީގު ކުރުމުން އެނގުނު ގޮތުގައި އޭނާ ކިޑްނެޕް ކުރަން މަސައްކަތް ކުރީ އިކުއެޑޯގެ ފުލުހުންނެވެ.

ދިހަ އަހަރުވަންދެން އިކުއެޑޯގައި ވެރިކަން ކުރެއްވި ކޮރެއާ ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

އެމައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށްޓަކައި ބެލްޖިއަމްއިން އޭނާ އިކުއެޑޯއާ ހަވާލު ކުރުމަށް، މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ އެދިވަޑައިގެންފައެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް