މިނިވަން ފަނޑިޔާރުގެއެއް އުފެއްދުމުގެ ވިސްނުމެއް ނަޝީދުގެ ވިސްނުންފުޅުގައި ނެތް: ވެލެޒިނީ

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީ --- ސަން ފައިލް ފޮޓޯ

ރާއްޖޭގައި މިނިވަން ފަނޑިޔާރުގެއެއް އުފެއްދުމުގެ އެއްވެސް ވިސްނުންފުޅެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅުގައި ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީ ވިދާޅުވެއްޖެ އެވެ.

ވެލެޒިނީ ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާފައިވާ ޝަރުއީ ނިޒާމުގައި ރަސްކަން ކުރައްވަން ކަމަށެވެ.

"މިކަން ސާފުވީ 3 ޖޫން 2016ގައި. ސާފުވި ސަބަބަކީ 2010 މެއި ގައި އަޅުގަނޑު ވަކިކޮށްފި. އެންމެނަށް ވެސް އެނގުނީ އަޅުގަނޑު މަގާމުން ވަކިކުރިކަން. ހަގީގަތުގައި އިލްމީ ނަޒަރަކުން ބަލާއިރު ނަޝީދު މި ކުރި ކަމަކީ އަހަރެން ގެއްލުވާލީ. އަޅުގަނޑާ އެކު ގާނޫނު އަސާސީގެ 280 ވަނަ މާއްދާ ވެސް ގެއްލުވާލީ،" ވެލަޒިނީ ވިދާޅުވި އެވެ.

ވެލެޒިނީ ވިދާޅުވީ އޭނާ ޖޭއެސްސީގައި އަޑުއުފުލީ މިނިވަން ޝަރުއީ ނިޒާމެއް ގާއިމް ކުރުމަށް ކަމަށާއި ނަމަވެސް އެކަންކުރަން ފެށުމުން މެމްބަރުކަމުން ވަކިކޮށް އޭނައަކީ މޮޔައެއް ކަމަށް މީހުންނަށް ދެއްކުމަށް ރައީސް ނަޝީދާއި އެމްޑީޕީން މަސައްކަތް ކުރި ކަމަށެވެ.

ޝަރުއީ ނިޒާމްގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އޭނާ ދެއްކި އެއްވެސް ވާހަކައެއް ނުދައްކައި ސިޔާސީ ބޭފުޅުންނާ ޑީލް ހައްދަވައިގެން ސިޔާސީ ސަކަރާތްތަކެއް ޖެއްސެވީ ކަމަށް ވެލެޒިނީ ތުހުމަތު ކުރެއްވި އެވެ.

"ސިޔާސީ ބޭފުޅުންނާ ޑީލްހަދައި ސުޕްރީމް ކޯޓުގައި ތަޅު އަޅުވައި، ވަރަށް ބޮޑު ސިޔާސީ ސަކަރާތެއް ޖެހީ. މަސްލަހަތަށް ޓަކައި އެދުވަހު އަޅުގަނޑު އަނގައިން ނުބުނަން،" ވެލެޒިނީ ވިދާޅުވި އެވެ.

comment ކޮމެންޓް