މާފަންނުގައި ހުންނަ ލެކިއުޓް ފިހާރައިން ވިޔަފާރިކޮށްގެން ނުކުތް ދެ އަންހެން ކުދިންގެ އަތުން ދެ ފޯނު ފޭރިގަނެގެން ބަޔަކު ފިލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، އިއްޔެގެ ހަވީރު ވަގުތެއްގައި ލެކިއުޓް ފިހާރައިން ނުކުތް ދެ އަންހެން ކުދިންގެ ފޯން އެ މަގުން ލާފައި ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރިގަނެގެން ފިލި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އެމީހުން ފޭރިގެންފައިވަނީ އައިފޯން ފައިވް އަކާއި ގެލެކްސީ ނޯޓް ތްރީއެކެވެ.