'މަގޭ ބަދިގެ' ނަމުގައި ގަވިން އިން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް

'މަގޭ ބަދިގެ' ނަމުގައި ގަވިން އިން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް -- ފޮޓޯ: ގަވިން

މި ރަމަޟާން މަހާ ދިމާކޮށް ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށް ގަވިން އިން ސޯޝަލް މީޑިއާގައި ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ.

ގަވިން އިން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ހުވަފެނީ ބަދިގެއެއްގެ އިންތިޒާރުގައި ތިބި ބޭފުޅުންނަށް ޚާއްސަކޮށް ފަސޭހަކަމާއެކު ބައިވެރިވެވޭގޮތަށް ހުޅުވާލި މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޑިސެމްބަރު 21 އާ ހަމައަށް ކަމަށް ގަވިންއިން ބުނެއެވެ

އެގޮތުން ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް ހަދަން ޖެހޭނެ ގޮތަކީ:

  • ބަދިގެ ޑިޒައިންކުރުމަށްފަހު، މިހާރު ހުރި ބަދިގޭގެ ފޮޓޯއަކާއެކު ގަވިން ޓެގްކޮށްފައި އިންސްޓަގްރާމުގައި ޕޯސްޓްކުރުން.
  • ގަވިންގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް ފޮލޯކުރުން.
  • ރައްޓެހިންނާއި އާއިލާއާ ޝެއާކޮށް ވީހާވެސް ގިނަ ލައިކް ހޯދުން.
  • އެންމެ ގިނަ ލައިކް ލިބޭ 10 ޑިޒައިން ހޮވުމަށްފަހު، ވޯޓަށް ހުޅުވާލުމަށް ގަވިންގެ ސްޓޯރީގައި ޕޯސްޓްކުރުން.

ގަވިންއިން ވަނީ ގަދަ 10 އަކަށް ހޮވިއްޖެނަމަ، ޕޯސްޓް ޝެއާކޮށް ވީހާވެސް ގިނަ ވޯޓު ހޯއްދުމަށް އެދިފައެވެ. އެއަށްފަހު އެއްވަނައަށް ހޮވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތް ކަމަށް ގަވިންއިން ވަނީ ބުނެފައެވެ.

ނަސީބުވެރި ފަރާތަށް ގަވިން އިން 75,000 ރުފިޔާގެ އަގުހުރި ބަދިގެއެއް ރޯދަމަހަށް ޖަހައިދޭނެ ވާހަކަ ވެސް ގަވިން އިން ވަނީ ބުނެފައެވެ. ގަވިން އިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ ބަދިގެ ހަދާލަން ބޭނުންވެފައި ތިބި ބޭފުޅުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެހެންކަމުން ގިނަ ބަޔަކު މި ޕްރޮމޯޝަނުގައި ބައިވެރިވާނެ ކަމަށް ގަވިންއިން އުންމީދުކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް