ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް އެކެއްގެ ރައުންޑްއެބައުޓް ކައިރީގެ ޓްރެފިކަށް ބަދަލެއް އަންނާނެކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މާދަމާ ހެނދުނު 08:00އިން ފެށިގެން އެ ސަރަހައްދުގައި މަސައްކަތެއް ކުރުމަށް އެއް ލޭނު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އެ ބަދަލު އަންނާނީ، މަސައްކަތް ނިމެންދެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މާދަމާ ހުޅުމާލޭގެ ޓްރެފިކަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް --- ފޮޓޯ/ ފުލުހުންފުލުހުން ވަނީ، އެ ބަދަލާ ހެދި ދަތުރުކުރާ މީހުންނާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދިފައެވެ. އަދި، މި ފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެ ކަމަށް ޝުކުރު އަދާކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ހުޅުމާލޭގެ ހަތަރު އަނގޮޅި ކަންމަތީގައި ރައުންޑްއެބައުޓްތައް ވަނީ ހަރުކޮށްފައެވެ. އެ ބަދަލު ގެނައި ދުވަސްވަރު، އުނދަގޫވާ ކަމަށް ބުނެ، އާންމުންގެ ޝަކުވާތައް ވެސް ފެންމަތިވިއެވެ. އެކަމަކު، އެ ރައުންޑްއެބައުޓްތަކާއެކު، އެކްސިޑެންޓުތައް ހިނގާ ސަރަހައްދުތައް މަދުކުރެވިފައިވާ ކަމަށް ކުރިން ފުލުހުން ވަނީ ބުނެފައެވެ.