ބީއެމްއެލްއިން އެމެކްސް ކަސްޓަމަރުންނަށް ޚާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

މި ޕްރޮމޭޝަނުގެ ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ބ. ފުޅަދޫ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހިމެނޭ--

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން ފެށި މި ޕްރޮމޯޝަނަކީ ކޮންމެ ދުވަހަކު ކުރާ ވިޔަފާރިތަކުން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

މިއަދުން ފެށިގެން ޑިސެންބަރު 31ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، ބީއެމްއެލް އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ހަފުތާއަކު މަދުވެގެން 1,000 ރުފިޔާގެ ވިޔަފާރިކުރާ ކަސްޓަމަރުން ގުރުއަތުގައި ބައިވެރިކުރާނެ ކަމަށް ބޭންކުން ބުނެއެވެ. މީގެ ތެރޭގައި ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކާއި، ޕޭމަންޓް ގޭޓްވޭ އަދި ކިއުއާރު މެދުވެރިކޮށް ކުރާ މުއާމަލާތްތައް ހިމެނޭނެއެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް، ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީއަކާއެކު މަންތާ ރޭ ބަލަން ދިއުމުގެ ފުރުސަތު ލިބޭނެ--

ޕްރޮމޯޝަންގެ ނިމުމުން ގުރުއަތުން ހޮވޭ ހަތަރު ނަސީބުވެރިންނަށް ލިބޭ އިނާމުތައް:

- ހާޑް ރޮކް ކެފޭ މޯލްޑިވްސްގައި ދެ މީހަކަށް ރޭގަނޑުގެ ކެއުން.

- މެކްބުކް ނިއޯ، އެޕަލް ވޮޗް އަދި އެއާޕޮޑްސް ހިމެނޭ އެޕަލް ބަންޑަލްއެއް

- ބ. ފުޅަދޫގައި ހުންނަ ވިލާ މިއާގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތާއި، އިތުރު ހަތަރު މީހުންނާއެކު އެކްސްކާޝަން ދަތުރެއް

- ރިސޯޓެއްގައި ދެ މީހަކަށް ދެ ރޭގެ ޗުއްޓީއަކާއެކު މަންތާ ރޭ ބަލަން ދިއުމުގެ ފުރުސަތު

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/amex-your-kind-of-exceptional މެދުވެރިކޮށް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.

https://sun.mv/229931

ބީއެމްއެލުން އަންނަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން، މި އަހަރުގެ ޖުލައި މަހު ހިންގި މިފަދަ ޕްރޮމޯޝަނެއްގައި ވަނީ ބީއެމްއެލް އެމެކްސް ކަސްޓަމަރަކަށް ސިންގަޕޫރުގައި ފޯމިއުލާ ވަން ރޭހެއް ބަލައިލުމުގެ ފުރުސަތު ދީފައެވެ.

comment ކޮމެންޓް