ޓޯސަން ބްރޭންޑަކީ ޖަރުމަނުގެ އެންމެ ފަހުގެ ޒަމާނީ ޓެކުނޮލޮޖީ ބޭނުންކޮށްގެން އުފައްދާ، ބައިނަލްއަޤުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކަރަންޓު ސާމާނު އުފައްދާ ބްރޭންޑެކެވެ.
ދިވެހިރާއްޖޭގައި ޓޯސަން ބްރޭންޑުގެ އުފެއްދުންތައް ފޯރުކޮށްދޭ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ ލިއޯ ސްޓޯ އެންޑް ސަޕްލައިއެވެ.
އިމާރާތްކުރުމުގެ ދާއިރާއާއި، ސިނާޢީ މަސައްކަތްތަކުގެ ދާއިރާއާއި، މެރިން ސިނާއަތާއި އެހެނިހެން ސިނާއަތްތަކަށް ބޭނުންވާ ފެންވަރު ރަނގަޅު، ތަފާތު ގިނަ ބާވަތްތަކުގެ ކަރަންޓު ސާމާނު މި ބްރޭންޑުން ބާޒާރަށް ނެރެދެއެވެ.
ޓޯސަން ބްރޭންޑުގެ ކަރަންޓު ސާމާނު ލިއޯ ސްޓޯރުގައި --- ފޮޓޯ/ ލިއޯ ސްޓޯރުޓޯސަން ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ކަރަންޓު ސޮކެޓް، އެކި ބާވަތްތަކުގެ ބްރޭކަރު (MCB, ELCB)، ސްވިޗް، ޑީބީ ބޮކްސް އަދި ފާރުގައި ހަރުކުރާ އެކި ވައްތަރުގެ ބޮކްސް އަދި ފެން ނުވަންނަ ބޮކްސްތައް ހިމެނެއެވެ.
ޓޯސަން ބްރޭންޑުން އެންމެ ބޮޑު އިސްކަމެއް ދެނީ އުފެއްދުންތަކުގެ ފެންވަރު ދަމަހައްޓައި، ބައިނަލްއަޤުވާމީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ، އިތުބާރުހުރި ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.