ޖެމިނައި އޭއައި އަދި އެންޑްރޮއިޑް 17 އާއެކު "ގޫގުލްބުކް" ލެޕްޓޮޕްތައް ދައްކާލައިފި

ޖެމިނައި އައިއޭގެ އެހީގައި "މެޖިކް ޕޮއިންޓާ" ފަދަ އައު ފީޗާތައް މީގައި ހިމެނޭ ---

ޖެމިނައި އޭއައި އަދި އެންޑްރޮއިޑް 17 އާއެކު ގޫގުލްގެ އައު 'ގޫގުލްބުކް' ލެޕްޓޮޕްތައް ދައްކާލައިފިއެވެ.

ގޫގުލްއިން އަލަށް ނެރެން ތައްޔާރުވަމުންދާ "ގޫގުލްބުކް" ލެޕްޓޮޕްތައް ހަފްތާއެއް ވަންދެން ޓެސްޓުކުރުމަށްފަހު، މިއީ އެންޑްރޮއިޑް ސިސްޓަމްގެ ބޭނުން ވަރަށް ބޮޑަށް ހިފާ ފަރާތްތަކަށް ޚާއްޞަ އުފެއްދުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

ކްރޯމްބުކްގެ ކުރިއެރުމެއްގެ ގޮތުގައި މި އުފެއްދުން ފެނުނު ނަމަވެސް، އަދި އަގުތައް 900 ޑޮލަރާއި 1000 ޑޮލަރަށްވުރެ މަތީގައި އުޅޭތީ، މިއީ އެންމެންނަށް އެކަށީގެންވާ އުފެއްދުމަކަށް ނުވެދާނެއެވެ.

މި ލެޕްޓޮޕްތަކުގައި ބޭނުންކޮށްފައިވާ އޯއެސްއަށް "ގޫގުލްބުކް އޯއެސް" ނަމަކަށް ކީ ނަމަވެސް، އެއީ އެންޑްރޮއިޑް 17 ސިސްޓަމް ޑެސްކްޓޮޕް މާޙައުލަކަށް ބަދަލުކޮށްގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއެކެވެ. މީގެ އިންޓަފޭސް ވައްތަރީ މައިކްރޯސޮފްޓް ވިންޑޯޒް އަދި އެޕަލްގެ މެކް އޯއެސްއާއެވެ. މީގައި އެޕް ޑްރޯއާއާއި، ސްޓޭޓަސް ބާއާއި، ޖެމިނައި އޭއައި މެދުވެރިކޮށް ތައްޔާރުކުރެވޭ ވިޖެޓްތައް ހިމެނެއެވެ.

"ގޫގުލްބުކް" ލެޕްޓޮޕްތައް ހަފްތާއެއްވަންދެން ޓެސްޓުކުރުމަށްވަނީ ދައްކާލައިފައި ---

މި ސިސްޓަމްގައި އެންޑްރޮއިޑް ފޯނުތަކާ ގުޅުވައިގެން ބޭނުންކުރެވޭ "ކްރޮސް ޑިވައިސް ސާވިސް" ހިމެނެއެވެ. މީގެތެރޭގައި ފޯނުން ކުރަމުންދިޔަ މަސައްކަތް ލެޕްޓޮޕުން ކުރިއަށްގެންދިއުމާއި، ފޯނުގެ އެޕްލިކޭޝަންތައް ލެޕްޓޮޕްގެ ސްކްރީނަށް ކާސްޓްކޮށްގެން ބޭނުންކުރުން ހިމެނެއެވެ. ނަމަވެސް، ބައެއް ގޭމްތަކާއި އެޕްތައް ކާސްޓްކޮށްގެން ބޭނުންކުރާއިރު ލެގްވުމުގެ މައްސަލަތައް ދިމާވާކަން ވަނީ ފާހަގަކުރެވިފައެވެ.

ޖެމިނައި އައިއޭގެ އެހީގައި "މެޖިކް ޕޮއިންޓާ" ފަދަ އައު ފީޗާތައް މީގައި ހިމެނެއެވެ. މި ފީޗާގެ ސަބަބުން ސްކްރީނުން ފެންނަ ކޮންމެ އެއްޗަކާ ބެހޭގޮތުން ސުވާލުކޮށް މަޢުލޫމާތު މުރާޖަޢާކޮށްލެވޭނެއެވެ. އަދި އަޑުން ލިޔެވޭ "ރޭމްބްލާ" ފީޗާއަކީވެސް ވަރަށް ފުރިހަމައަށް މަސައްކަތްކުރާ ވަސީލަތެކެވެ.

ޖުމްލަކޮށް ބަލާއިރު، ގޫގުލްބުކްތަކަކީ އެންޑްރޮއިޑް އެޕްލިކޭޝަންތައް އެކަނި ހިންގޭ ލެޕްޓޮޕްތަކަކަށްވާތީ، ފޮޓޯ އެޑިޓިން ފަދަ ބަރު މަސައްކަތްތައް ކުރާ ފަރާތްތަކަށް މީގެން މާ ބޮޑު ފައިދާއެއް ނުކުރާނެއެވެ. އެހެންކަމުން މިއީ އެންޑްރޮއިޑްގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ފަރާތްތަކަށް ނޫނީ އެންމެ އެކަށީގެންވާ އުފެއްދުމަކަށް ނުވެދާނެއެވެ.

comment ކޮމެންޓް