އާއިލާގެ މީހުންނަށް ވަޅިން ބިރުދެއްކި މީހަކު 15 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓު: މާމަ ދަރިފުޅު މަރާލި މައްސަލަ ސާބިތުވެ ދިވެއްސަކު ޖަލަށްލައިފި --

އާއިލާގެ މީހުންނަށް ވަޅިއާއި ކަތުރު އަދި ދަނޑިބުރި ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ބިރުދައްކައި އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ހއ. ހޯރަފުށި، ލިލީޒް ޒާހިރު ޢަލީދީދީ (44 އަހަރު) އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކަށް ބަލާއިރު، ނުރައްކާތެރި ހަތިޔާރު ބޭނުންކުރުން ހިމެނެއެވެ. އެ ވަޅިން ބިރުދައްކައި ޢާއިލާގެ މީހުންނަށް އިންޒާރުދީ، އަނިޔާކުރި ކަމަށް ޢާއިލާގެ މީހުން ބުނެފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ޤާޟީ އިބްރާހީމް ޒިހުނީ ނެރުއްވި މި އަމުރުގެ ދަށުން، ޒާހިރު އަލިދީދީ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަންގައިފައެވެ.

ދެކުނުގެ ރަށެއްގައި ދިވެއްސަކު، އޭނާގެ އެއްބަނޑު އެއްބަފާ މީހަކަށް ހަމަލާދީ އަނިޔާކުރި މައްސަލައެއްގައި އެއް މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް މި ފަހުން ކޯޓުން ހުކުމްކޮށްފައިވެއެވެ.

comment ކޮމެންޓް