އެހެން ދީންތައް ރަމްޒުކޮށްދޭ 6 ޕޮޓެއް ފިހާރައެއްގައި ވިއްކަން ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން --

އެހެން ދީންތައް ރަމްޒުކޮށްދޭ ހަ ޕޮޓެއް ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހުގެ 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެފަދަ ހަ ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ އިތުރުން އެ ތަކެތި ވިއްކަން ހުރި ފިހާރަ ވެސް ބަންދުކުރަންޖެހޭނެ ކަމަށް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް