މާލޭ ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެ، ގަލޮޅުގައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ގެއަށް ވަދެ ފޭރުނީ ކޮން އެއްޗެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.