ދިވެހި ފިރިހެނަކު ގެސްޓްހައުސެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ

ފުލުހަކު މަގުމަތީގައި: -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު މާލޭގައި ހުންނަ ގެސްޓްހައުސެއްގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުންނަ ގެސްޓްހައުސެއްގައި ދިވެއްސަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:51 ހާއިރު ކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ އޯސަނިކްވިލާ / ހއ. މޮޅަދޫ، އުމުރުން 45 އަހަރުގެ އިބްރާހީމް ނަޢީމެވެ.

ނަޢީމްގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.

comment ކޮމެންޓް