މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި މީހަކު ހައްޔަރުކޮށްފި

މާރުކޭޓް ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ-- ސަން ފޮޓޯ

މާލޭގެ މަސް މާރުކޭޓު ސަރަހައްދުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 22:08 އެހައިކަންހާއިރުއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.

އެ މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

މި މާރާމާރީއާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު، ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް