ޓެރަރިޒަމާއި ހަރުކަށި ފިކުރާ ގުޅުންހުރި މައްސަލައެއްގެ ތަހުގީގަކަށް ދެ މީހުން ހޯދަނީ

ފުލުހުން ހޯދަމުން އަންނަ ދެ މީހުން -- ފޮޓޯ/ ފުލުހުން

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުންގެ ތަހުގީގަކަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވި ނަމަވެސް، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން އެ މީހުންނަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.

އެހެންވެ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަން ނިންމީ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހޯދަނީ:

  • ނިއުޒިލް / ގއ.ކަނޑުހުޅުދޫ، ޝިހާނު އަޙްމަދު (27އ)
  • ހިޔަލީގެ / ށ.ކޮމަންޑޫ، އިބްރާހީމް އަޒުހަދު (36އ)

ފުލުހުން ބުނީ އެ ދެ މީހުން ހޯދަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.

އޭގެ ތެރެއިން ޝިހާނު، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން އަންގައިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ 09:00 އަށެވެ. އަދި އަޒުހަދު ހާޒިރުވުމަށް އަންގައިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ 15:00 އަށެވެ.

އެ ދެ މީހުންނާ ގުޅުންހުރި މައްސަލައިގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

comment ކޮމެންޓް