ސަލްމާންއާ ގުޅުވައިގެން އުފައްދާފައިވާ ފިލްމުގެ ޓީޒާ އިންޓަނެޓުން ނެގުމަށް ކޯޓު އަމުރެއް

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާނާ ގުޅުވައިގެން އުފައްދާފައިވާ ފިލްމު "ކާލާ ހިރަން"ގެ ޓީޒާ އިންޓަނެޓުން ނެގުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފިއެވެ. ކޯޓުން މިގޮތަށް ނިންމެވީ މީހެއްގެ އަބުރާއި އިއްޒަތަކީ ރައްކާތެރިކުރަންޖެހޭ އެއްޗެއް ކަމަށް ފާހަގަކުރެއްވުމަށްފަހުއެވެ.

އެގޮތުން މީގެ 28 އަހަރުކުރިން ސަލްމާން ޚާންގެ މައްޗަށް ތުހުމަތު ކުރެވުނު 'ބްލެކްބަކް' ޝިކާރުކުރި މައްސަލައަށް ބިނާކޮށް އުފައްދާފައިވާ ކަމަށް ބުނާ "ކާލާ ހިރަން: ދަ ބެޓްލް ފޯ ލެގަސީ" ފިލްމުގެ ޓީޒާ ސޯޝަލް މީޑިއާގެ މަންސަތަކުން 24 ގަޑިއިރު ތެރޭގައި ނެގުމަށް ކޯޓުން ވަނީ އެ ފިލްމުގެ އުފެއްދުންތެރިންނަށް އަމުރުކޮށްފައެވެ.

ދިއްލީ ހައިކޯޓުގެ ފަނޑިޔާރު ޖްޔޯތީ ސިންގް ވިދާޅުވީ، ފިލްމު އުފެއްދި ފަރާތުން އަމިއްލައަށް މި ޓީޒާ ނުނަގައިފިނަމަ، އެކްސް އަދި ޔޫޓިއުބް ފަދަ މަންސަތަކަށް އެ ލިންކުތައް ބްލޮކްކުރުމަށް އަމުރުކުރައްވާނެ ކަމަށެވެ.

މި ފިލްމުގެ މައްސަލަ ކޯޓަށް ހުށަހެޅީ ސަލްމާންގެ ފަރާތުންނެވެ. ސަލްމާން ފާހަގަކުރި ގޮތުގައި މި ފިލްމުގައި އޭނާއަކީ އަަންޑަވޯލްޑާ ގުޅުން އޮންނަ މީހެއްގެ ގޮތުގައި ދައްކުވައިދީފައިވާ ކަމަށާއި، މިއީ އޭނާގެ އަބުރަށް އުނިކަން އަންނަ އަދި އޭނާގެ އަމިއްލަ ޒާތީ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި 'ބްލެކްބަކް' މައްސަލައަކީ އަދިވެސް ރާޖަސްތާން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައަކަށް ވާތީ، މިފަދަ ފިލްމެއްގެ ސަބަބުން އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް ހުރަސް އެޅިދާނެ ކަމަށްވެސް ސަލްމާން ބުނެފައިވެއެވެ.

ފިލްމު "ކާލާ ހިރަން"ގެ ޕޯސްޓަރެއް އަދި އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއާޓުޑޭ

ސަލްމާންގެ ފަރާތުން ފޮނުވި ގާނޫނީ ނޯޓިސް، ފިލްމުގެ ޕްރޮޑިއުސަރު އަމިއްލަ އިންޓަވިއުއެއްގައި ވީދާލައި، އެކްޓަރުގެ ފަރާތުން ބިރުދައްކަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ތުހުމަތުތަކަށް ވެސް ކޯޓުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފަނޑިޔާރު ސިންގް ވިދާޅުވީ، މީހެއްގެ އަބުރު ބިނާކުރުމަށް އެތައް އަހަރެއް ނެގިޔަސް، އެ އަބުރު ނަގާލަން ކުޑަ ހިނދުކޮޅެއްވެސް ފުދޭ ކަމަށާއި، މި ޓީޒާ އޮންލައިންކޮށް ހުންނަ ކޮންމެ ވަގުތަކީ ސަލްމާންގެ އަބުރަށް ގެއްލުންވަމުންދާ ވަގުތެއް ކަމަށެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުގެ ވަކީލު ކޯޓުގައި ވަކާލާތުކުރަމުން ބުނެފައިވަނީ ފިލްމުގެ ޓީޒާގައި ސަލްމާންގެ ނަން ބޭނުންކޮށްފައި ނުވާނެ ކަމަށާއި، މިއީ ހަމައެކަނި އާންމުކޮށް ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް ސަލްމާންގެ ވަކީލުން ބުނީ ޓީޒާ ބަލާލުމުން އެއީ ކާކަށް ނިސްބަތްކޮށް ހަދާފައިވާ އެއްޗެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

ދިއްލީ ހައިކޯޓުން މިހާރު ވަނީ ސަލްމާންގެ އަބުރަށް ގެއްލުންވާ ފަދަ ހުރިހާ ލިންކުތަކެއް ހިމެނޭ ލިސްޓެއް ހުށަހެޅުމަށް އެކްޓަރުގެ ވަކީލުންގެ ޓީމަށް އަންގާފައެވެ. އަދި ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން މިފަދަ ކޮންޓެންޓް އުފެއްދުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ފަދަ ކަމަކަށް ވެދާނެ ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ފިލްމު "ކާލާ ހިރަން" އަކީ ބާރަތު އެސް ޝްރިނާތު ޑައިރެކްޓްކޮށް، އަމިތު ޖާނީ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ.

ފުއްލާ އާއިލާއަށް ނިސްބަތްވާ 'ބްލެކްބަކް' ޝިކާރަކުރި މައްސަލައަކީ 1998 ވަނަ އަހަރު ފިލްމު "ހަމް ސާތު ސާތު ހޭ"ގެ ޝޫޓިންގް ކުރިއަށް ދިޔަ ދުވަސްވަރު ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެކެވެ.

މި މައްސަލާގައި 2018 ވަނަ އަހަރު ސަލްމާންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައި ނަމަވެސް، ފަހުން ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ. މިހާރު މި މައްސަލައިގެ ހުރިހާ އިސްތިއުނާފެއް ކުރިއަށް ދަނީ ރާޖަސްތާން ހައިކޯޓުގައެވެ.

{

  • {
  • "summary": "# ކޯޓު އަމުރު: ސަލްމާން ޚާންގެ ފިލްމު ޓީޒާ ނެގުން\n\nބޮލީވުޑް އެކްޓަރު ސަލްމާން ޚާނާ ގުޅުވައިގެން އުފައްދާފައިވާ ފިލްމު ކާލާ ހިރަންގެ ޓީޒާ 24 ގަޑިއިރު ތެރޭގައި އިންޓަނެޓުން ނެގުމަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފިއެވެ. މިއީ ސަލްމާންގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ގޮތަށް، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ބްލެކްބަކް ޝިކާރަކުރި މައްސަލައަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ކޯޓުގައި މި މައްސަލަ ހިނގަމުންދާތީ، މިއީ އިންސާފުވެރި ޝަރީއަތަކަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.\n\n## މުހިންމު ނުކުތާތައް\n- ކާލާ ހިރަންގެ ޓީޒާ 24 ގަޑިއިރު ތެރޭގައި ނެގުމަށް އަމުރުކުރުން.\n- ޓީޒާ ނުނަގައިފިނަމަ، ސޯޝަލް މީޑިއާގައިވާ ލިންކުތައް ބްލޮކްކުރުން.\n- މިއީ ސަލްމާންގެ އަބުރާއި ޒާތީ ހައްގުތަކަށް އަރައިގަތުންކަމަށް ކަނޑައެޅުން.\n- ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ފިލްމަކަށްވުމުން އިންސާފަށް ހުރަސްއެޅުން."
  • }
comment ކޮމެންޓް