ފިލްމު 'ވެލްކަމް ޓު ދަ ޖަންގަލް'އަށް ބޮކްސް އޮފީހުގައި ހޫނު ތަރުހީބެއް

"ވެލްކަމް ޓު ދަ ޖަންގަލް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި ޑައިރެކްޓަރު އަހްމަދު ޚާންގެ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އަށް ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ލިބެމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިންޑިއާގެ އެކްޓަރު އަކްޝޭ ކުމާރު މުހިއްމު ރޯލެއް ކުޅެފައިވާ "ވެލްކަމް ޓު ދަ ޖަންގަލް" ރިލީޒްކުރިތާ ހަތަރު ދުވަސްވީ މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 83.42 ކްރޯޑު ރުޕީސްއަށް ވަނީ އަރާފައެވެ.

ފިލްމު ރިލީޒްކުރި ހަފްތާ ބަންދުގައި ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، ރިލީޒްކުރުމުގެ ކުރިން ދެއްކި ޕްރިވިއު ޝޯތަކުން އެކަނި ވެސް 3.75 ކްރޯޑް ރުޕީސް ފިލްމަށް ވަނީ ލިބިފައެވެ.

އަހުމަދު ޚާން ޑައިރެކްޓުކޮށް، ފީރޯޒް ނަދިއަޑުވާލާ ޕްރޮޑިއުސްކުރި "ވެލްކަމް ޓު ދަ ޖަންގަލް" އަކީ މިހާތަނަށް އެންމެ ގިނަ ފިލްމީ ތަރިން އެއް ފިލްމަކުން ގެނެސްދިން ބްލެކް ކޮމެޑީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އަކްޝޭގެ އިތުރުން "ވެލްކަމް ޓު ދަ ޖަންގަލް"އިން ފެންނާނެ އިތުރު ތަރިންގެތެރޭ، ސުނިލް ޝެޓީ، ޕަރޭޝް ރާވަލް، އަރްޝަދު ވަރްސީ، ރަވީނާ ޓަންޑަން، ލާރާ ދައްތާ، ޖެކްލިން ފެނާންޑޭޒް، ޝްރެޔަސް ތަލްޕަޅޭ، ތުޝާރު ކަޕޫރު، ރާޖްޕަލް ޔާދަވް، އާފްތާބް ޝިވްދަސާނީ އަދި ދިޝާ ޕަޓާނީއެވެ.

"ވެލްކަމް ޓު ދަ ޖަންގަލް"ގެ ކާސްޓުން ޑައިރެކްޓަރު އަހްމަދު ޚާންއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" އަކީ 2007 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވެލްކަމް" ފްރެންޗައިސްގެ ދަށުން އުފެއްދި ތިން ވަނަ ބައެވެ. މި ފްރެންޗައިސްގެ ތިން ވަނަ ބައި އުފައްދާފައި ވަނީ، ސްޓާ ސްޓޫޑިއޯސް 18 އާއި، ބޭސް އިންޑަސްޓްރީސް ގްރޫޕް އަދި އަކްޝޭ ކުމާރުގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސް ބެނާގެ ދަށުންނެވެ.

އަކްޝޭ ކުމާރާއެކު ބޮލީވުޑްގެ އެންމެ ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމު ވެލްކަމް ޓު ދަ ޖަންގަލް ސިނަމާތަކުގައި ދައްކަން ފެށުމާއެކު ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ދަނީ ހޯދަމުންނެވެ. މިގޮތުން ފިލްމު ރިލީޒްކުރިތާ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 83.42 ކްރޯޑު ރުޕީސްގެ ބޮޑު އާމްދަނީއެއް ވަނީ ހޯދާފައެވެ. އަހުމަދު ޚާން ޑައިރެކްޓުކޮށް ފީރޯޒް ނަދިއަޑުވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ 2007 ވަނަ އަހަރު ނެރުނު މަޝްހޫރު ވެލްކަމް ފްރެންޗައިސްގެ ތިންވަނަ ބައެވެ. ބެލުންތެރިންގެ ފަރާތުން މި ބްލެކް ކޮމެޑީއަށް ހޫނު ތަރުހީބެއް ލިބެމުން އަންނަކަން ރިޕޯޓުތަކުން ކަށަވަރުކޮށްދެއެވެ.

  • ފިލްމު ރިލީޒްކުރިތާ ހަތަރު ދުވަހުން 83.42 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.
  • ޕްރިވިއު ޝޯތަކުން އެކަނިވެސް 3.75 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.
  • މިއީ އަކްޝޭ ކުމާރުގެ އިތުރުން ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް ފަދަ ގިނަ ތަރިންތަކެއް ހިމެނޭ ބްލެކް ކޮމެޑީއެކެވެ.
  • މިއީ ސްޓާ ސްޓޫޑިއޯސް 18 އާއި ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން އުފެއްދި ވެލްކަމް ފްރެންޗައިސްގެ ތިންވަނަ ފިލްމެވެ.
comment ކޮމެންޓް