އަދިތްޔާ އާއި ތާރާއަށް މިލަޕް ޒަވޭރީގެ ފިލްމެއް

ފިލްމީ ތަރިން ކަމަށްވާ ތާރާ ސުތާރިއާ އަދި އަދިތިޔަ ރޯއި ކަޕޫރު-- ފޮޓޯ/ވެރައިޓީ

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ބޫޝަން ކުމާރު އުފައްދާ އަދި ނަން ކަނޑަނާޅާ އައު ފިލްމުގެ ލީޑް ރޯލުތަކަށް މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ތާރާ ސުތާރިއާ އާއި އަދިތްޔަ ރޯއި ކަޕޫރު ސޮއިކޮށްފިއެވެ.

ފިލްމުގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ނުތަނަވަސް ހާދިސާތަކާއި ވަރުގަދަ ޖަޒުބާތުތަކެއްގެ ތެރެއިން ފެނިގެންދާނެ އަސަރުގަދަ މިއުޒިކަލް ލޯބީގެ ވާހަކައެކެވެ.

"ސަތްޔަމޭވް ޖަޔަތޭ" އަދި "އޭކް ދީވާނޭ ކީ ދީވާނިޔާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު މިލާޕް މިލާން ޒަވޭރީ އިސްކޮށް ހުރެ އުފައްދާ މި ފިލްމަކީ، 2019 ވަނަ އަހަރު ރިލީޒްކުރި "މަރުޖާވާން" އަށްފަހު ތާރާ އާއި މިލާޕް އަދި ބޫޝަން ކުމާރު އެކުގައި މަސައްކަތްކުރާ ދެވަނަ ފަހަރެވެ.

ތާރާ، ފިލްމު "ޓޮކްސިކް"ގެ މަންޒަރެއްގައި-- ފޮޓޯ/ވެރައިޓީ

ސިދާތު މަލްހޯތުރާއާ އެކު ތާރާ ފެނިގެންދިޔަ އެ ފިލްމަކީ ކަޝްމީރުގެ އަޑުނުއިވޭ މިއުޒިކް ޓީޗަރަކާއި ގޭންގްސްޓަރެއްގެ މެދުގައި އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި ބޮޑު މަޤްބޫލުކަމެއް ހޯދި ފިލްމެކެވެ. މީގެއިތުރުން މި ފިލްމުގެ ލީޑް އެކްޓަރު އަދިތްޔަ ރޯއި ކަޕޫރަކީ ވެސް ބޫޝަން ކުމާރުގެ ޓީ-ސީރީޒްއާ އެކު "އާޝިޤީ 2" އަދި "މަލަންގް" ފަދަ ހިޓް ފިލްމުތަކުގައި މަސައްކަތްކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަރިއެކެވެ.

ދެ ތަރިންގެ މިހާރުގެ މަސައްކަތްތަކަށް ބަލާއިރު، ތާރާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ ކަންނަޑާގެ މަޝްހޫރު އެކްޓަރު ޔަޝްއާ އެކު ކުޅުނު "ޓޮކްސިކް: އަ ފެއަރީ ޓޭލް ފޯ ގްރޯން-އަޕްސް"އިންނެވެ. ހަމައެއާއެކު އަދިތްޔަ އެންމެ ފަހުން ސްކްރީނުން ފެނިފައިވަނީ ޓީ-ސީރީޒްއިން ޕްރޮޑިއުސްކޮށް، އަނޫރާގް ބާސޫ ޑައިރެކްޓްކުރި 2025 ވަނަ އަހަރުގެ ފިލްމު "މެޓްރޯ އިން ދިނޯ"އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ސާރާ އަލީ ޚާން، ކޮންކޮނާ ސެންޝަރުމާ، އަލީ ފަޒަލް، ފާތިމާ ސަނާ ޝައިޚް، ނީނާ ގުޕްތާ އަދި އަނޫޕަމް ކޭރް ފަދަ ފުންނާބުއުސް ތަރިންތަކެއް ފެނިފައިވެއެވެ.

comment ކޮމެންޓް