އަޖޭގެ ފަރާތުން ޕަޓާނުންނަށް ވަރުގަދަ މެސެޖެއް

އިންޑިއާގެ އެކްޓަރު އަޖޭ ދޭވްގަންގެ އާ ފިލްމު "ޗޯހާން"ގެ ފުރަތަމަ ފެނިލުން ބެލުންތެރިންނަށް ދައްކައިލައިފިއެވެ.

ކަޝްމީރުގައި ބޮޑު ބައެއް ޝޫޓްކޮށްފައިވާ މި ފިލްމުން ކަޝްމީރުގެ ހަލަބޮލިކަން ދައްކައިދޭއިރު ރިލީޒްކޮށްފައިވާ ކުޑަ ޓީޒާއިން ވެސް ފެންނަނީ ކޮންޓްރޯލުން ނެއްޓިފައިވާ އާންމުންގެ ބަޔަކު މައިތިރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކެވެ.

މި ޓީޒާގެ ބެކްގްރައުންޑުން ހިންދީ ސިނަމާގެ މަޝްހޫރު ފިލްމު "ހަމް"ގެ ލަވަ "ޖުމްމާ ޗުމްމާ ދޭ ދޭ"ގެ މިއުޒިކް އިވޭތީ މި ފިލްމާމެދު އާއްމުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމުގެ ކުރު ޓީޒާ ދައްކައިލި ވީޑިއޯ ނިންމާލަމުން، ޕަޓާނުން ގާތު ޗޯހަން އެބައަންނަކަމަށް ބުނެ ދައްކައިލި މަންޒަރާ އެކު މިއީ އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ އެންމެ ވަރުގަދަ އެކްޝަން ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދާނެ ފިލްމެއްކަން ކަށަވަރު ވެއްޖެ ކަމަށް ރެޑިޓްގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެކްޝަން މަންޒަރުތަކުން ފުރިފައިވާ މި ފިލްމުގެ ފުރަތަމަ ލުކް ނެރެފައިވަނީ، އަޖޭގެ ބައްޕަ އަދި ކުރީގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަންގެ އުފަންދުވަހާ ދިމާކޮށް، އޭނާގެ ހަނދާނުގައެވެ.

އަޖޭ ބައްޕަ ވީރޫ ދޭވްގަންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކަޝްމީރުގެ ހަލަބޮލި މާހައުލެއް ދައްކުވައިދޭ މި ވީޑިއޯއާއެކު އާންމުކުރި މެސެޖުގައި ބުނެފައިވަނީ، ބޮލީވުޑްގެ ކުޅަދާނަ އެކްޝަން ތަރި އަޖޭ ދޭވްގަން، ބޮޑު ސްކްރީނަށް ހާއްސަ އެކްޝަން ފިލްމަކާއެކު އެނބުރި އަންނަން ތައްޔާރުވަމުންދާ ކަމަށެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

އިންޑިއާގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ޗޯހާން" ގެ ފުރަތަމަ ފެނިލުން، އޭނާގެ ބައްޕަ އަދި ކުރީގެ އެކްޝަން ޑައިރެކްޓަރު ވީރޫ ދޭވްގަންގެ އުފަންދުވަހާ ގުޅުވައިގެން އާންމުކޮށްފިއެވެ. ކަޝްމީރުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ ޓީޒާއިން ދައްކުވައިދެނީ، ހަލަބޮލިވެފައިވާ އާންމުން ކޮންޓްރޯލްކުރުމަށް ފުލުހުން ކުރާ ބުރަ މަސައްކަތެވެ. މީގެ އިތުރުން، މި ޓީޒާގައި ބޭނުންކޮށްފައިވާ "ހަމް" ފިލްމުގެ މިއުޒިކާއި، "ޕަޓާން" އަށް އަމާޒުކޮށް ދީފައިވާ މެސެޖުގެ ސަބަބުން ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

  • ފިލްމުގެ ގިނަ މަންޒަރުތައް ޝޫޓްކޮށްފައިވަނީ ކަޝްމީރުގެ ހަލަބޮލި މާހައުލެއްގައެވެ.
  • މި ފިލްމަކީ ގިނަ އެކްޝަން މަންޒަރުތަކެއް އެކުލެވޭނެ ވަރުގަދަ ފިލްމެކެވެ.
  • ފިލްމުގެ ޓީޒާ އާންމުކޮށްފައިވަނީ އަޖޭގެ ބައްޕަ ވީރޫ ދޭވްގަންގެ ހަނދާނުގައެވެ.
  • މި ފިލްމު ސިނަމާތަކަށް ނެރުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
comment ކޮމެންޓް