ޝާހިދު، ސަރުކާރަށް: މާޒީން ފެންނަން އޮތީ ވަޒީފާގެ ބިރަށް ލޯބި ނުހޯދޭނެކަން

އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު ފިރްޔާލް

ސިޔާސީ ގޮތުން ބާރުގެ ބޭނުންކޮށް، ވަޒީފާ ބަހައިގެންނާއި ވަޒީފާއިން ވަކިކޮށްގެން ރައްޔިތުންގެ ލޯބި ނުހޯދޭނެ ކަމަށާއި، އެއީ މާޒީން ފެންނަން އޮތް ހަގީގަތެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީއަށް ތާއީދު ކުރާ ގިނަ ބަޔަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަމުން އަންނާތީ އެ ޕާޓީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކްސްގައި ކުރެއްވި މި ޕޯސްޓުގައި ޝާހިދު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ވަޒީފާތަކުން މުއައްޒަފުން ވަކިކޮށް އަނިޔާވެރިކަން އިސްކުރަމުންދާއިރު، އެއިން ކޮންމެ މުއައްޒަފަކާ ގުޅިފައިވާ އާއިލާއެއް އޮންނަކަން މި ސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އަދި ވަޒީފާގެ ބިރުވެރިކަން އުފެއްދުމަކީ ރައްޔިތުންގެ ތާއީދާއި ލޯބި ހޯދޭނެ ގޮތެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަން އަނިޔާވެރިވާ ފަރާތްތަކުން ދަންނަންޖެހޭނެ،" ޝާހިދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އާއިލާތަކަށް ލިބޭ ދަތިތަކުގެ ފުރިހަމަ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ސިޔާސީ މަގާމުތަކާއި ވަޒީފާތައް ބޭނުންކޮށްގެން ނުފޫޒު ފޯރުވުމަކީ މާޒީގައިވެސް ނާކާމިޔާބުވެފައިވާ ކަންކަން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ބުނެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބިރުދައްކާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމްޑީޕީން ބުނާ ގޮތުގައި ރައީސް މުއިއްޒުގެ މި ސަރުކާރުން މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް ވަނީ އަނިޔާވެރިވެފައެވެ.

ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރަމުންދާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީން ވަނީ މުޒާހަރާވެސް ކޮށްފައެވެ. އަދި މި އަނިޔާ ލިބިފައިވާ މުވައްޒަފުންގެ ހައްގުގައި އެމްޑީޕީގެ ލީގަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 60 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައިއެވެ.

ނަމަވެސް މި ތުހުމަތުތައް މި ސަރުކާރުން ދޮގުކުރެއެވެ.

ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ، ސިޔާސީ ބޭނުމަށްޓަކައި ވަޒީފާގެ ބިރުދައްކައިގެން އަދި މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން ރައްޔިތުންގެ ލޯތްބާއި ތާއީދު ނުހޯދޭނެކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މުވައްޒަފުން ވަކިކުރުމުން އާއިލާތަކަށް ލިބޭ ނިކަމެތިކަމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެއެވެ. އަދި އަނިޔާވެރިކަމުގެ ނަތީޖާ ހިތިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މިހާތަނަށް 80 އަށްވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވާކަމަށާއި، އޭގެ ތެރެއިން 60 އަށްވުރެ ގިނަ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ. ނަމަވެސް، ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

  • ސިޔާސީ ބޭނުމަށް ވަޒީފާއިން މީހުން ވަކިކުރުމަކީ މާޒީގައިވެސް ނާކާމިޔާބުވެފައިވާ ކަމެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.
  • ކޮންމެ މުވައްޒަފަކާ ގުޅިފައިވާ އާއިލާއެއް އޮންނާނެކަމާއި، އެ އާއިލާތަކަށް ލިބޭ ދަތިތަކުގެ ޒިންމާ ސަރުކާރުން އުފުލަންޖެހޭނެކަން ބަޔާންކުރެއްވިއެވެ.
  • އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް ސަރުކާރުން ބިރުދައްކަމުންދާކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.
  • ވަޒީފާއިން ވަކިކުރި މީހުންގެ ހައްގުގައި އެމްޑީޕީން މުޒާހަރާކޮށް، ޓްރައިބިއުނަލަށް މައްސަލަތައް ވަނީ ހުށަހަޅާފައެވެ.
  • އެމްޑީޕީގެ މި ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް ބުނެ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.
  • ވަޒީފާގެ ބިރުދެއްކުމަކީ ސިޔާސީ ގޮތުން ތާއީދު ހޯދޭނެކަމެއް ނޫންކަން.
  • މުވައްޒަފުން ވަކިކުރުމުގެ ސަބަބުން އާއިލާތަކަށް ކުރިމަތިވާ ނިކަމެތިކަން.
  • އެމްޑީޕީން 60 އަށްވުރެ ގިނަ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވުން.
  • ސަރުކާރުން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރުން.
comment ކޮމެންޓް