ކަރީނާގެ ފިލްމު 'ދާއިރާ' މި އަހަރުގެ ސެޕްޓެމްބަރު މަހު ސިނަމާތަކަށް

ފިލްމު "ދާއިރާ"ގެ ލީޑް ތަރިން ކަމަށްވާ ޕްރިތުވީރާޖް، ކަރީނާ ކަޕޫރު ޑައިރެކްޓަރު މޭގްނާ ގުލްޒާރުއާ އެކު--ފޮޓޯ/ޕީޕިންގްމޫން

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ޚާން ދާދިފަހުން މަސައްކަތް ނިންމާލި ފިލްމު "ދާއިރާ" މި އަހަރުގެ ސެޕްޓެމްބަރު މަހު ސިނަމާތަކަށް ގެންނަން ނިންމިކަން އިއުލާނުކޮށްފިއެވެ.

މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް ދެކުނު އިންޑިއާގެ އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން މުހިއްމު ރޯލަކުން ފެންނާނެ "ދާއިރާ" އަކީ ކަރީނާގެ 25 އަހަރުވީ ފިލްމީ ކެރިއަރުގެ 68 ވަނަ ފިލްމެވެ.

އިންވެސްޓިގޭޓިވް ކްރައިމް ތުރިލާއެއް ކަމަށްވާ މި ފިލްމުގައި ޕްރިތުވީރާޖް އަދި ކަރީނާ ފެންނާނީ ފުލުސް އޮފިސަރުންގެ ރޯލްތަކުންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކުރިއިރު ފިލްމުގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަރުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއްވެސް ބެލުންތެރިންނާ ވަނީ ހިއްސާކޮށްފައެވެ.

ޕްރިތުވީރާޖް އާއި ކަރީނާ އަލަށް އެކީގައި މަސައްކަތްކުރާ ފިލްމު "ދާއިރާ" ސިނަމާތަކަށް ގެންނާނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

ފިލްމު "ދާއިރާ"ގެ ލީޑް ތަރިން އެ ފިލްމުގެ ޑައިރެކްޓަރު މޭގްނާ ގުލްޒާރުއާ އެކު--ފޮޓޯ/ޕީޕިންގްމޫން

ފިލްމާ ގުޅޭގޮތުން ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ޕްރިތުވީރާޖް ބުނީ، "ދާއިރާ" އަކީ މުޅިން ތަފާތު ވާހަކައެއް ބެލުންތެރިންނަށް ކިޔައިދޭނެ ފިލްމެއް ކަމަށެވެ. ހަމައެއާއެކު މިއީ ކެރިއަރުގައި މިހާތަނަށް ކުޅުނު ވަރަށް ޗެލެންޖިންގް ކެރެކްޓާއެއްގެ ގޮތުގައި ޕްރިތުވީރާޖް ސިފަކޮށްފައިވެއެވެ.

އިންޑިއާގެ މަޝްހޫރު ޅެންވެރިޔާ ގުލްޒާރު އަދި ކުރީގެ ބަތަލާ ރާކީ ގުލްޒާރުގެ ދަރިފުޅު މޭގްނާ ގުލްޒާރަކީ ހިންދީ ސިނަމާގެ އެންމެ ކުޅަދާނަ އަންހެން ފިލްމު ޑައިރެކްޓަރުންގެތެރޭ ހިމެނޭ މީހެކެވެ.

މޭގްނާގެ މަގުބޫލު ފިލްމުތަކުގެތެރޭ، "ތަލްވާރު"، "ރާޒީ" އަދި 2023ގައި އެންމެ މޮޅު ފީޗަ ފިލްމު ކެޓަގަރީން ނެޝަނަލް އެވޯޑު ލިބުނު ފިލްމު "ސާމް ބަހާދުރު" ހިމެނެއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާންގެ 25 އަހަރުވީ ކެރިއަރުގެ 68 ވަނަ ފިލްމު ކަމަށްވާ "ދާއިރާ" ރިލީޒްކުރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ. މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށްފައިވާ އިންވެސްޓިގޭޓިވް ކްރައިމް ތުރިލާއެކެވެ. މިއީ ކަރީނާއާއި ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ފިލްމީ ދާއިރާގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކާމިޔާބު ޑައިރެކްޓަރުންނާއެކު އުފައްދާ މިފަދަ ތަފާތު ކްރައިމް ތުރިލާތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާނެ އުފެއްދުންތަކެކެވެ. ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ޝޫޓިންގްގެ މަންޒަރުތައް ހިމެނޭ ވީޑިއޯއެއް މިހާރު ވަނީ އާންމުކޮށްފައެވެ.

  • ފިލްމު "ދާއިރާ" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
  • މިއީ މޭގްނާ ގުލްޒާރު ޑައިރެކްޓްކޮށް، ކަރީނާ ކަޕޫރާއި ޕްރިތުވީރާޖް ލީޑު ރޯލު ކުޅޭ އިންވެސްޓިގޭޓިވް ކްރައިމް ތުރިލާއެކެވެ.
  • މި ފިލްމުގައި ދެ ތަރިންވެސް ފެނިގެންދާނީ ތަފާތު އަދި ގޮންޖެހުން ބޮޑު ފުލުސް އޮފިސަރުންގެ ރޯލަކުންނެވެ.
  • މިއީ ކަރީނާ ކަޕޫރުގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ކުޅޭ 68 ވަނަ ފިލްމެވެ.
comment ކޮމެންޓް