ބަލި ގަބޫލުކުރައްވައި މީކާއީލްގެ މަރުހަބާ ނަޝީދަށް: "2028 އެމްޑީޕީއަށް ކާމިޔާބުކޮށްދޭން މަސައްކަތް ކުރާނަން"

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، އެމަނިކުފާނާ ދެކޮޅަށް ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަރުހަބާ ވިދާޅުވެއްޖެއެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މީކާއީލް ވިދާޅުވީ އިރުކޮޅެއް ކުރިން ރައީސް ނަޝީދަށް ފޯނުކުރައްވައި، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދެންނެވި ކަމަށެވެ. އަދި އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގާ ބާއްވައި، 2028 އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތްކުރައްވާނެ ކަމަށް މީކާއީލް ވިދާޅުވިއެވެ. އަދި ޕާޓީގެ އާންމު މެންބަރުންނާ އެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން މީކާއީލް ވަނީ އަރުވައިފައެވެ.

ވާދަވެރި ކެމްޕެއިނަކަށް ފަހު ނަޝީދު މި އިންތިޚާބު ކާމިޔާބުކުރެއްވީ މީކާއީލާ ވާދަކުރެއްވުމަށް ފަހެވެ.

މިއަދު މެންދުރު 14:30 ގައި ވޯޓުލާން ފެށި އެ އިންތިޚާބުގެ ވޯޓުލުން ނިމުނީ މިރޭ 21:00 ހާއިރެވެ. މިހާތަނަށް ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ކުރީގައި އުޅުއްވަނީ ނަޝީދެވެ.

މިއީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި އޮތް ވާދަވެރިކަން އަނެއްކާ ވެސް ފެންނާނެ އިންތިޚާބެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި އިންތިޚާބަކީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ. ފައްޔާޒު މިހާރު ހުންނެވީ ރައީސް ނަޝީދަށް ތާއީދު ކުރައްވައިގެންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބުކުރައްވައިފިއެވެ. އެމަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމް ވަނީ ބަލިގަބޫލުކުރައްވައި، ރައީސް ނަޝީދަށް ގުޅުއްވައި މަރުހަބާ ދަންނަވާފައެވެ. މީގެ އިތުރުން، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މީކާއީލް ވަނީ ދެއްވާފައެވެ. މިއީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިޚާބެކެވެ.

  • އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
  • ވާދަވެރި ކެންޑިޑޭޓް މީކާއީލް ނަސީމް ވަނީ ނަތީޖާ ގަބޫލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.
  • މީކާއީލްގެ އަމާޒަކީ 2028 ވަނަ އަހަރުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމެވެ.
  • މި އިންތިޚާބު ބާއްވާފައިވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އިސްތިއުފާ ދެއްވުމުންނެވެ.
comment ކޮމެންޓް