މަރުވި ޕޮލިސް އޮފިސަރުގެ ހަށިގަނޑު ހޯދުމަށް އެހީތެރިވި ޑައިވަރުންނަށް ސީޕީއާއި މިނިސްޓަރުގެ ޝުކުރު

މަރުވި ޕޮލިސް އޮފިސަރުގެ ހަށިގަނޑު ހޯދުމުގައި ހަރަކާތްތެރިވި ޑައިވަރުން: ސީޕީއާއި އިހުސާން ވަނީ އެ މީހުންނަށް ޝުކުރު އަދާކުރައްވާފައި --- ފޮޓޯ/ފުލުހުން

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް މިއަދު މަރުވި ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެެގުމުގައި ހަރަކާތްތެރިވި ޑައިވަރުންނަށް ޕޮލިސް ކޮމިޝަނަރު އަޙުމަދު މުޙައްމަދާއި ހޯމް މިނިސްޓަރު އަލީ އިހުސާން ޝުކުރު އަދާކުރައްވައިފިއެވެ.

ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރި ވަނިކޮށް, ގެއްލިގެން ހޯދަމުން ދަނިކޮށް, މޫދު އަޑީގައި މަރުވެފައި އޮއްވާ ރޭ ފެނުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ.

ފުލުހުން މިއަދު ހެނދުނު ބުނީ، ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށެވެ.

https://sun.mv/223174

މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އޭނާ ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން، އެ ފުލުސް މީހާ މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން އޭރު ބުންޏެވެ. އަދި، އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.

ޕޮލިސް ލޯންޗެއް: މަރުވި ޕޮލިސް އޮފިސަރުގެ ހަށިގަނޑު ހޯދުމުގައި އެހީތެރިވި ޑައިވަރުންނަށް ސީޕީއާއި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައި --- ފޮޓޯ/ ފުލުހުން

އޭގެފަހުން ފުލުހުން ވަނީ، އާސިފްގެ ހަށިގަނޑު މޫދު އަޑިން ނެގުމުގައި ހަރަކާތްތެރިވި ޑައިވަރުންގެ ވަނަވަރު ފޮޓޯއާއެކު، ހާމަކޮށްފައެވެ.

އެއީ، ކ. ގާފަރު ބްލޫހެވަންއަށް ނިސްބަތްވާ އަހުމަދު ފައިސަލާއި އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙުމަދެވެ. އެއީ އާއްމު ދެ މީހުންނެވެ.

ފުލުހުން ބުނީ، ގެއްލުނު ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެގުމުގައި އެ ޑައިވަރުން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.

އެހެންވެ، ސީޕީއާއި މިނިސްޓަރު އިހުސާން އެ މީހުންނަށް ވަކިވަކިން ގުޅުއްވާފައިވާ ކަމަށާއި އަމިއްލައަށް އިސްނަގައިގެން އެ ކަމުގައި އެހީތެރިވެދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ދިމާވާ ހާދިސާތަކުގައި ދިވެހި މުޖުތަމައުން ފެންނަ އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

https://sun.mv/223188

މީގެ އިތުރުން، މި އޮޕަރޭޝަނުގައި ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި ސީޕީއާއި މިނިސްޓަރު ވަނީ، ކުއްލި ހާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކާއި އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މަރުވި އާސިފްގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާއަށް މިއަދު ވަނީ މަގާމުގެ ކުރިއެރުން ވެސް ދީފައެވެ.

ފުލުހުން ކުރިއަށްގެންދިޔަ ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ގެއްލުނު ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ހަށިގަނޑު ހޯދުމުގައި އާންމު ރައްޔިތުންގެ ތެރެއިން ދެ ޑައިވަރުން ކަމަށްވާ އަޙުމަދު ފައިސަލް އަދި ޞައްދާމު އަޙުމަދު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ހިތާމަވެރި ހާދިސާގައި އެ ފަރާތްތަކުން ދެއްކެވި އޯގާތެރިކަމާއި އެހީތެރިކަން ފާހަގަކުރައްވައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ފަރާތްތަކަށް ވަކިވަކިން ގުޅުއްވައި ޝުކުރު އަދާކުރައްވާފައެވެ. މިފަދަ ކުއްލި ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތީ ބާރުތަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރާއި ސީޕީ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ފުލުހުންގެ ޚިދުމަތުގައި ދެމިހުއްޓާ ނިޔާވި އޮފިސަރުގެ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފުލުހުންގެ މުއައްސަސާއިން ވަނީ އޭނާއަށް މަގާމުގެ ކުރިއެރުން ވެސް ދީފައެވެ. މިއީ މުޖުތަމައުގެ އެއްބައިވަންތަކަން ރަމްޒުކޮށްދިން ނަމޫނާ އަމަލެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

  • ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ފުލުސް އޮފިސަރު އަޙްމަދު އާސިފް ފެނިފައިވަނީ މޫދު އަޑީގައި ނިޔާވެފައި އޮއްވައެވެ.
  • އޭނާގެ ހަށިގަނޑު ހޯދައި މޫދުން ނެގުމުގައި އަމިއްލައަށް އިސްނަގައިގެން އެހީތެރިވެދިން ދެ ޑައިވަރުންނަށް ސީޕީ އަދި ހޯމް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
  • މި ހާދިސާއަކީ ކުއްލި ހާލަތްތަކުގައި ސަލާމަތީ ޚިދުމަތްތަކާއި އާންމުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިން ކަމެއްކަމަށް އިސްވެރިން ފާހަގަކުރެއްވިއެވެ.
  • ނިޔާވި އޮފިސަރުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ވަނީ އޭނާއަށް މިއަދު މަގާމުގެ ކުރިއެރުން ދީފައެވެ.
comment ކޮމެންޓް