އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހަކު ސަސްޕެންޑުކޮށް، ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.
ފުލުހުން އޭރު ބުނީ މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ދަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދަމުން ކަމަށެވެ. އަދި އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ވަކިން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ މުއައްސަސާއިން މިއަދު ބުނީ، އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ފާހަގަކުރިއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައިރު، އެފަދަ ހުރިހާ މައްސަލައެއް ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓުނުކުރާ ކަމުގެ ކަންބޮޑުވުންތައް އޮވެއެވެ.