މޯހަންލާލްގެ 'ދްރިޝްޔަމް 3'އަށް ހަފުތާއެއްގެތެރޭ 23 މިލިއަން ޑޮލަރުގެ އާމްދަނީއެއް

މަޅަޔާލަމް ފިލްމު "ދްރިޝްޔަމް 3"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދެކުނު އިންޑިއާގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ މޯހަންލާލްގެ މަޝްހޫރު ފްރެންޗައިސް "ދްރިޝްޔަމް"ގެ ތިން ވަނަ ފިލްމަށް ހަފުތާއެއްގެތެރޭ 23 މިލިއަން ޑޮލަރާ ކައިރިކުރާ އަދަދަކަށް އާމްދަނީ ލިބިއްޖެއެވެ.

މިއީ މި ފިލްމު ސިނަމާތަކުގައި ދައްކަންފެށިތާ ހަފުތާއެއްގެތެރޭ އިންޑިއާ އަދި ބޭރުގެ މާކެޓްތަކުން ލިބުނު ޖުމްލަ އާމްދަނީގެ އަދަދެވެ. ޖީތޫ ޖޯސެފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން މޯހަންލާލް އެކްސް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާގެ މި ތިން ފިލްމަކީ ވެސް ނުގުޑާނެ ވަރުގަދަ ތިން ބާބުކަމަށާއި މި ފްރެންޗައިސްގެ ހިއްސާއަކަށް ވުމަށް ލިބުނު ފުރުސަތާމެދު ޝުކުރުވެރިވާ ކަމަށެވެ.

ފިލްމީ ދާއިރާގެ ތަފާސްހިސާބުތައް ދިރާސާކުރާ 'ސެކްނިލްކް'އިން ބުނާ ގޮތުގައި، މި ފިލްމަށް އިންޑިއާއިން އެކަނިވެސް މިދިޔަ ބުދަ ދުވަހު 6.65 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މިއީ އަންގާރަ ދުވަހާ އަޅާބަލާއިރު 2.23 އިންސައްތައިގެ ކުރިއެރުމެކެވެ.

ހިންދީ ފިލްމު "ދްރިޝްޔަމް 2"ގެ މަންޒަރެއްގައި އަޖޭ ފިލްމުގެ މުހިއްމު ތަރިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު ރިލީޒްކުރިތާ ހަތްވަނަ ދުވަހު އިންޑިއާގެ އެކި ސިނަމާތަކުގައި 4,721 ޝޯ ދެއްކިއިރު، އިންޑިއާއިން ލިބުނު ޖުމްލަ ސާފު އާމްދަނީ މިހާރު ވަނީ 75.30 ކްރޯޑް ރުޕީސްއަށް އަރާފައެވެ. ފިލްމު ރިލީޒްކުރި އެކި ބަސްބަހަށް ބަލާއިރު، އެންމެ ބޮޑު ތަރުހީބެއް ލިބެނީ މަލަޔާޅަމް ބަހުން ރިލީޒްކުރި ފިލްމަށެވެ.

މަޅަޔާލަމް ފިލްމު "ދްރިޝްޔަމް 3"އަށް ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނައިރު މި ފިލްމުގެ ހިންދީ ވާޝަން މި އަހަރުގެ އޮކްޓޫބަރު މަހު ރިލީޒްކުރަން ވަނީ ތާވަލުކޮށްފައެވެ. ހިންދީ ފްރެންޗައިސްގެ ލީޑް ތަރި އަކީ އަޖޭ ދޭވްގަންއެވެ.

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު މޯހަންލާލްގެ ކާމިޔާބު ފްރެންޗައިސް "ދްރިޝްޔަމް" ގެ ތިންވަނަ ފިލްމަށް އިންޑިއާ އަދި ބައިނަލްއަޤުވާމީ މާކެޓުގައި ބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ. ޖީތޫ ޖޯސެފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ނެރުނުތާ އެންމެ ހަފުތާއެއްގެ ތެރޭގައި، 23 މިލިއަން ޑޮލަރާ ގާތްކުރާ ޢަދަދަކަށް އާމްދަނީ ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކާމިޔާބީއާ ގުޅިގެން މޯހަންލާލް ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. ފިލްމީ ދާއިރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި އިންޑިއާގައި އެކަނިވެސް 4,721 ޝޯ ދައްކައި، 75.30 ކްރޯޑް ރުޕީސްގެ ސާފު އާމްދަނީއެއް ވަނީ ހޯދާފައެވެ. އެންމެ ބޮޑު މަޤުބޫލުކަމެއް ލިބެމުންދަނީ މަލަޔާޅަމް ބަހުން ނެރެފައިވާ އޮރިޖިނަލް ފިލްމަށެވެ.

  • ފުރަތަމަ ހަފުތާގެ ތެރޭގައި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 23 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
  • އިންޑިއާގެ މާކެޓުން އެކަނިވެސް 75.30 ކްރޯޑް ރުޕީސްގެ ސާފު އާމްދަނީއެއް ހޯދާފައިވެއެވެ.
  • އެންމެ ބޮޑު ތަރުޙީބެއް ލިބެމުންދަނީ ފިލްމުގެ މަލަޔާޅަމް ވާޝަނަށެވެ.
  • އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމުގެ ހިންދީ ވާޝަން އަންނަ އޮކްޓޫބަރު މަހު ރިލީޒްކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
comment ކޮމެންޓް