200 މެގަޕިކްސެލްގެ ކެމެރާއަކާއެކު ވަންޕްލަސް 16 ޓެސްޓުކުރަނީ

މި ފޯނުގައި 200 މެގަޕިކްސެލްގެ ސެންސަރަކާއެކު 3އެކްސް ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހުންނާނެ ---

ވަންޕްލަސް ކުންފުނީގެ ކުރިއަށް އޮތް ފްލެގްޝިޕް ފޯނު "ވަންޕްލަސް 16" އާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ލީކުވެ، އެ ފޯނު މިހާރު ޓެސްޓުކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ޗައިނާގެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވީބޯގައި ލީކުކޮށްލާފައިވާ މި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އާ ފޯނާއެކު ޑިސްޕްލޭ އަދި ކެމެރާގެ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ފެންނާނެއެވެ.

މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ 185ހާޓްޒްގެ މަތީ ރިފްރެޝް ރޭޓެއް އެކުލެވޭ ޑިސްޕްލޭއެއް ބޭނުންކޮށްގެން ޓެސްޓުކުރަމުންދިއުމެވެ. މިއީ މިހާތަނަށް ވަންޕްލަސް ފޯނަކުން ފެންނާނެ އެންމެ މަތީ ރިފްރެޝް ރޭޓެވެ.

https://sun.mv/221004

މީގެ ކުރިން ނެރުނު ވަންޕްލަސް 15 ފޯނުގައި ބޭނުންކޮށްފައިވަނީ 165ހާޓްޒް ގެ ސްކްރީނެކެވެ. މީގެ އިތުރުން މި ފޯނުގެ ސްކްރީންގެ ވަށައިގެންވާ ބޭޒަލްސް ނުވަތަ އަރިމަތީ ދުނިތައް ވަރަށް ތުނިކޮށް، އެންމެ އެއް މިލިމީޓަރަށް ކުޑަކޮށްލާނެ ކަމަށް ބެލެވެއެވެ.

ކެމެރާގެ ބަޔަށް ބަލާއިރު، މި ފޯނުގައި 200 މެގަޕިކްސެލްގެ ސެންސަރަކާއެކު 3އެކްސް ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހިމަނާފައިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ފީޗާތަކަށް އަވަހަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޚާއްސަ "އޭއައި ބަޓަނެއް" ވެސް މި ފޯނުގައި ހިމެނުމަށް ދަނީ ސާވޭކުރަމުންނެވެ.

މި ފޯނުގެ ޕްރޮސެސަރަކަށް ބޭނުންކުރާނީ ކުއަލްކޮމްގެ އެންމެ ފަހުގެ "ސްނެޕްޑްރެގަން 8 އެލީޓް ޖެން 6 ޕްރޯ" ޗިޕްސެޓް ކަމަށް ލަފާކުރެވެއެވެ. އަދި ބެޓެރީގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން 7,000 މިލީއެމްޕަޔާ އާ ގާތްކުރާ ބޮޑު ބެޓެރީއެއް މި ފޯނުގައި ހިމެނުން އެކަށީގެންވެއެވެ.

ވަންޕްލަސް ކުންފުނިން ރަސްމީކޮށް ވަންޕްލަސް 16 ނެރޭނެ ތާރީޚެއް އަދި އިޢުލާން ނުކުރި ނަމަވެސް، މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ފޯނު ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ.

ވަންޕްލަސް ކުންފުނިން ތަރައްގީކުރާ އައު ފްލެގްޝިޕް ފޯނު، ވަންޕްލަސް 16 ގެ ޓެސްޓިންގ މަރުހަލާގެ ގިނަ މައުލޫމާތުތަކެއް ވަނީ އާންމުވެފައެވެ. މިގޮތުން ޑިސްޕްލޭއާއި ކެމެރާގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާއިރު، މިއީ ޕްރޮފެޝަނަލް ފެންވަރުގައި ބޭނުންކުރެވޭނެ ހަރުދަނާ އުފެއްދުމަކަށް ވާނެކަމަށް ބެލެވެއެވެ. ބާޒާރުގެ ވާދަވެރިކަމަށް ބަލައި، ބެޓެރީގެ ގާބިލުކަމާއި ޕްރޮސެސިންގ ބާރުވެސް ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައެވެ. ރަސްމީ ތާރީޚެއް އިއުލާނުކޮށްފައި ނުވިނަމަވެސް، މިއަހަރުގެ ފަހު ކުއާޓަރުގައި މި ފޯނު ނެރޭނެކަމަށް ލަފާކުރެވެއެވެ.

  • 185 ހާޓްޒްގެ ރިފްރެޝް ރޭޓަކާއި، 1 މިލިމީޓަރުގެ ތުނި ބޭޒަލް އެކުލެވޭ ސްކްރީނެއް ހިމެނުން.
  • 200 މެގަޕިކްސެލްގެ ކެމެރާއަކާއި 3 އެކްސް ޕެރިސްކޯޕް ޓެލެފޮޓޯ ލެންސެއް ބޭނުންކުރުން.
  • އާޓިފިޝަލް އިންޓެލިޖެންސްގެ ފީޗާތަކަށް ޚާއްސަ އޭއައި ބަޓަނެއް ތައާރަފުކުރުން.
  • ކުއަލްކޮމް ސްނެޕްޑްރެގަން 8 އެލީޓް ޖެން 6 ޕްރޯ ޗިޕްސެޓާއެކު 7000 މިލީއެމްޕަޔަރުގެ ބެޓެރީއެއް ހިމެނުން.
comment ކޮމެންޓް