ހަނގުރާމައާ އެކު ވެސް މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް: ޝިޔާމް

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް: ވިދާޅުވީ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ބަދަލުތަކެއް އައި ނަމަވެސް، ސަރުކާރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގައި ދަތިކަމެއް ކުރިމަތި ނުވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން އެގްރިކަލްޗާ ސެކްޓާއަށް ބޮޑު ލޮޅުމެއް އައިސް، ހަކަތައަށް ކުރަންޖެހޭ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ނަމަވެސް، މި ސަރުކާރުން އެންމެ ބޮޑު އަހައްމިޔަތުކަމެއް ދެއްވަނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާއި މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ސަރުކާރުން ދެމުންދާ ލުއިތަކާ އެކު މަސްވެރި ސިނާއަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/221824

މަސްވެރިންގެ އެދުމުގެ މަތިން އެސްޓީއޯ ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ލުއިފަސޭހަކަމާ އެކު ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިހާރު ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު ވިދާޅުވީ މިގޮތަށް ހެދީ މަސްވެރިންގެ އެދުމުގެ މަތިން ކަމަށެވެ.

https://sun.mv/222196

ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް ޖުމުލަ 1,832 އުޅަނދަކަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފައިވާ ކަމަށެވެ.

"މިއީ މަސްވެރިންނަށް ސަރުކާރުން ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސް ކަނޑުތަކަށް މަސްވެރިން ނިކުތުމަށް ތެލަށް ލުއި ދެއްވުމަށް ވަރަށް ޚާއްސަކޮށް ކުރައްވާ ކަމަކަށްވާތީއާ އެކީގައި އަޅުގަނޑުމެން ވެސް އެންޝުއާކުރަން އެ ކަންތައް ބަރާބަރަށް،" ވަޒީރު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުންދާ އުސޫލުގެ ދަށުން، 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ތެޔޮ ދޫކުރަމުންދާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހާމަކުރެއްވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ދިވެހި މަސްވެރިންނަށް އެސްޓީއޯ މެދުވެރިކޮށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގު ވަނީ ފަހިކޮށްދެއްވާފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައަށް ކުރަންޖެހޭ ހޭދަ އިތުރުވި ނަމަވެސް، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމެވެ. އެގޮތުން މަސްވެރިން މަސްކަނޑުތަކަށް ނުކުތުމަށް ބޭނުންވާ ލުއިފަސޭހަތައް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން ސަރުކާރުން ދެމުންދާ ލުއިތަކާއެކު، މަސްވެރިންގެ އެދުމުގެ މަތިން އެފްއެސްއެމް މެދުވެރިކޮށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމުތައް ވަނީ ހަރުދަނާކުރެވިފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވައިގެން، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

  • ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް މަސްވެރިންނަށް އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެއެވެ.
  • މިދިޔަ ފެބުރުއަރީން ފެށިގެން 1832 އުޅަނދަކަށް 2.5 މިލިއަން ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ.
  • 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރުގެ ތެޔޮ ދޫކުރެވޭނެއެވެ.
  • 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު ތެޔޮ ދޫކުރެވޭނެއެވެ.
  • 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ދޫކުރެވޭނެކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
  • ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ވެސް ދިވެހި މަސްވެރިންނަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައެވެ.
  • މަސްވެރިންގެ އެދުމާ އެއްގޮތަށް އެސްޓީއޯ އަދި އެފްއެސްއެމް މެދުވެރިކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ނިޒާމު ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ.
  • އުޅަނދުތަކުގެ ބޮޑުމިނަށް ބަލައި ތެޔޮ ދޫކުރާ މިންވަރު ވަކި އުސޫލެއްގެ ދަށުން ވަނީ ކަނޑައެޅިފައެވެ.
comment ކޮމެންޓް