އަޅުގަނޑުމެންނަށް ވެސް ގޯސް ހެދުނު، މި ނުކުތީ ތިބެވެން ނެތީމާ: ނަޝީދު

3 ރައީސުން ބޭއްވެވި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ: 3 ރައީސުންނަށް ވެސް ގޯސް ހެދުނު ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިޔާސީ ގޮތުން އެއްބައިވެވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މި ތިން ބޭފުޅުންނަށް ވެސް ވެރިކަން ކުރެއްވުނުއިރު އެންމެ ފުރިހަމައަށް ކަންކަން ނުކުރެއްވޭ ކަމަށް އެބޭފުޅުން ގަބޫލުކުރައްވައެވެ. ނަމަވެސް ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވަން ހިމޭނުން ތިއްބެވެން ނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ ހައްގުގައި އަޑުއުފުލުމަށް އެބޭފުޅުން ވަނީ ނިންމަވާފައެވެ.

  • ކުރީގެ ތިން ރައީސުން އެކުގައި ސިޔާސީ މަސައްކަތް ފެއްޓެވުން
  • ވެރިކަމުގައި ގޯސްތަކެއް ހެދުނުކަމަށް އެއްބަސްވެވަޑައިގަތުން
  • ގައުމުގެ ހާލަތު އޮތްގޮތުން ހިމޭނުން ތިބެވެން ނެތްކަން ހާމަކުރުން
  • ގައުމީ މަސްލަހަތު އިސްކޮށް މާޒީގެ މައްސަލަތައް އެއްފަރާތްކުރުން

ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި, އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިބްރާހިމް މުހައްމަދު ޞާލިޙަށް ވެސް ވެރިކަން ކުރެއްވުނީ އެންމެ ފުރިހަމައަށް ނޫން ކަމަށް ތިން ބޭފުޅުންނަށް ވެސް ގަބޫލުފުޅު ކުރެއްވާ ކަމަށާއި، އެހެންނަމަވެސް މިއަދު އެކުގައި ނުކުމެވަޑައިގަތީ ބަލަން ތިބެވެން ނެތުމުން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރާ ދެކޮޅަށް ތިން ރައީސުން އެއް މޭޒެއް ދޮށަށް ވަޑައިގެން ބެއްވެވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ތިން ރައީސުން ވެސް ވަނީ އެބޭފުޅުންގެ ވެރިކަމުގައި ކަންތައްތައް ކުރެއްވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.

އެހެންނަމަވެސް އެއީ ކުރިއަށް އޮތް ތަނުގައި އެކަންކަން އިސްލާހު ނުކުރެވޭނެ ކަންކަމެއް ނޫންކަން ތިން ބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި، ރައީސް ޔާމީން އަދި ރައީސް ޞާލިޙަށް ވެސް ވެރިކަން ކުރެއްވިއިރު "ގޯސް ހެއްދެވުނު" ކަމަށެވެ. އެހެންނަމަވެސް މިއަދު ގައުމުގެ ހައްގުގައި ތިން ބޭފުޅުން ވެސް އެކުގައި ނުކުމެވަޑައިގަތީ ބަލަން "ތިބެވެން ނެތުމުން" ކަމަށް ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ޔާމީނާއި ޞާލިޙު ވެސް ތާއީދުކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު ޔާމީން މަޝްވަރާކުރައްވާ ފުރަތަމަ ފަހަރެވެ. އެއީ، މި ވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ތިން ރައީސުން ކަމަށްވުމުން މިއީ ތާރީޚީ ކަމެކެވެ.

އެކަމަކު، މީގެ ކުރިން ވެސް ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން އެކިއެކި ސަރުކާރުތަކާ ދެކޮޅަށް އެއްގަލަކަށް އަރާފައިވެއެވެ. އެ ގޮތުން، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ. އަދި، ޔާމީންގެ ވެރިކަމާ ދެކޮޅަށް ވެސް އެ މަނިކުފާނުގެ އެއްބަފައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭހެން އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ.

comment ކޮމެންޓް