ނާޒިމް ވަކިކުރަން އޮއްވައި, މަޖިލީހުގެ ޗުއްޓީ ފަސްކޮށްފި

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް: --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީން ނިންމައި މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، މަޖިލީހުގެ ޗުއްޓީ ފަސްކުރަން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ހިނގަމުންދާ ދައުރު މާދަމާއަށް ހަމަވި ނަމަވެސް، 58 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް ދައުރު އިތުރުކުރުމަށެވެ. މަޖިލީހުގެ ރިޔާސަތުން ވިދާޅުވި ގޮތުގައި ދައުރު ދަންމާލަން ހުށަހެޅުއްވީ ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނެވެ. ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ލިބިފައިވާކަން މަޖިލީހުގެ އިދާރާއިން ކަށަވަރުކޮށްދީފައިވާއިރު، މި މައްސަލަ ކުރިއަށްގެންދާނީ 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހުގައެވެ. ބެލެވޭ ގޮތުގައި ދައުރު ދަންމާލުމުގެ މައިގަނޑު ބޭނުމަކީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނާޒިމް ވަކިކުރުމެވެ.

  • މަޖިލީހުގެ ދައުރު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން 58 މެމްބަރުންގެ ވޯޓާއެކު ފާސްކުރުން.
  • މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ޕީއެންސީން މަޖިލީހަށް ހުށަހެޅުން.
  • ނާޒިމް ވަކިކުރުމަށް ހުށަހެޅި ވަކި ސަބަބެއް ޕީއެންސީން އަދި ހާމަކޮށްފައި ނުވުން.
  • ނައިބު ރައީސް ވަކިކުރުމުގެ ގަރާރަށް 14 ދުވަހުގެ ނޯޓިސްއެއް ދޭންޖެހޭނެކަން.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރަން, ޕީއެންސީން ހުށަހަޅާފައި ވަނިކޮށް, މަޖިލީހުގެ ޗުއްޓީ ފަސް ކުރަން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިހާރު ހިނގަމުންދާ ދައުރުގެ ފަހު ދުވަހަކީ މާދަމާއެވެ. ނަމަވެސް އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކުރަން މިއަދު ވަނީ ފާސްކޮށްފައެވެ.

މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާ ގުޅިގެން ދައުރު ދަންމާލުމަށް ރިޔާސަތުން ހުށަހެޅުއްވި ހުށަހެޅުއްވުމަކަށެވެ.

https://www.sun.mv/221969

މިއަދުގެ ޖަލްސާގައި މި ހުށަހެޅުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ.

މިއާއި އެކު މަޖިލީހުގެ މި ދައުރު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްވިކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކުރައްވާފައިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މަޖިލީހުން ނިންމަން މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ގަސްދުކުރައްވާ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީން ނިންމީ އިއްޔެ އެ ޕާޓީން ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ކީއްވެ ކަމެއް އެ ޕާޓީން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަޤާމުން ވަކިކުރުމުގެ ގަރާރެއް ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ގާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

ގާނޫނުއަސާސީގައި ވާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ގަރާރެއް ހުށަހަޅާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެއެވެ. އަދި، އެ މައްސަލައިގައި ބަހުސްކުރާއިރު، ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނައިބު ރައީސަށް ދޭންޖެހޭނެއެވެ. އެކަމަކު، އޭނާއާ ގުޅޭ ވޯޓުގައި ވޯޓެއް ނުދެވޭނެއެވެ.

ބެލެވޭގޮތުގައި ޕީއެންސީގެ ބޭނުމަކީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނާޒިމް އެ މަގާމުން ވަކި ކުރުމެވެ.

comment ކޮމެންޓް