އަންނަ އަހަރުގެ ފިޠުރު ޢީދަށް ފިލްމެއް ގެނެސްދޭން ސަލްމާން ތައްޔާރުވަނީ

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އާއްމުކޮށް ޢީދު ދުވަހާ ދިމާކޮށް ބެލުންތެރިންނަށް ފިލްމެއް ގެނެސްދޭ ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން އަންނަ އަހަރުގެ ފިޠުރު ޢީދުގައި ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އާންމުގޮތެއްގައި ކޮންމެ އަހަރަކު ވެސް ފިޠުރު ޢީދަކީ ސަލްމާން ޚާންގެ ފިލްމުތަކަށް ޚާއްޞަ ދުވަސްވަރެކެވެ. މީގެކުރިން ޢީދު ދުވަހާ ދިމާކޮށް ހިންދީ ސިނަމާގައި ފިލްމުތައް ރިލީޒްކުރާ މިންވަރު މަދުވެފައިވީ ނަމަވެސް މިއަދު ގިނަ ޕްރޮޑިއުސަރުންގެ އަމާޒަކަށްވެފައި ވަނީ މުސްލިމުންނަށް އަންނަ ޢީދު ބަންދާ ދިމާކޮށްވެސް ފިލްމުތައް ރިލީޒްކުރުމަށެވެ.

އެ ސަޤާފަތް ގިނަ ބަޔަކު ދަމަހައްޓަން ފެށީ މީގެކުރިން އެކްޓަރު ސަލްމާން ޚާން ޢީދު ބަންދާ ދިމާކޮށް ރިލީޒްކުރާ ފިލްމުތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބި ބޮކްސް އޮފީހުގައި ވެސް ބޮޑު އާމްދަނީއެއް އެ ފިލްމުތަކުން ހޯދަން ފެށުމުންނެވެ.

ސަލްމާންގެ ފިލްމު "މާތުރަބޫމީ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "ވޯންޓެޑް" އަދި "ދަބަންގް" ފަދަ ފިލްމުތަކާއެކު މި އާދަކާދަ ބަދަލުކޮށްލި ނަމަވެސް މި އަހަރު ސަލްމާންގެ ފިލްމެއް އީދުގައި ރިލީޒްކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކުރިއަށް މިއޮތް 2027 ވަނަ އަހަރުގެ ޢީދުގައި ސަލްމާންގެ ވަރަށް ވަރުގަދަ އެކްޝަން ތުރިލާ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ބޮލީވުޑް ހަންގާމާ އަށް މައުލޫމާތު ދިން މަސްދަރަކުން ހާމަކުރި ގޮތުގައި، 2027 ވަނަ އަހަރުގެ ޢީދުގައި ފިލްމު ރިލީޒް ކުރެވޭނެ ގޮތަކަށް ތާވަލުތައް އެކުލަވާލުމަށް ސަލްމާން ޚާން އަންނަނީ ޕްރޮޑިއުސަރު ދިލް ރާޖޫ އާއި ޑައިރެކްޓަރު ވަމްޝީ ޕައިދިޕަލީއާ މަޝްވަރާ ކުރަމުންނެވެ.

މި ދެ ފަންނާނުން ވެސް މިހާރު ދަނީ އެކަމަށް ބޭނުންވާ ތައްޔާރީތައް ކުރަމުންނެވެ. މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރުތަކެއްގެ އިތުރުން އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް ވެސް އެ މަސްދަރުން ބުނެއެވެ.

"މިއީ އާންމުކޮށް ސަލްމާންގެ ފޭނުން ބޭނުންވާ ފަދަ ހުރިހާ ރަހަތަކެއް ހިމެނޭ މުނިފޫހިފިލުވުމުގެ ފިލްމެކެވެ. ވަމްޝީ ގަސްތުކުރަނީ ބެލުންތެރިން ސަލްމާން ފެންނަން ބޭނުންވާ ފަދަ ފުރިހަމަ ގޮތަކަށް އޭނާ މި ފިލްމުން ދައްކާލުމަށެވެ.

ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މިއީ އާންމުކޮށް ސަލްމާންގެ ފޭނުން ބޭނުންވާ ފަދަ ހުރިހާ ރަހަތަކެއް ހިމެނޭ މުނިފޫހިފިލުވުމުގެ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މި އަންނަ މަހު މި ފިލްމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.

ސަލްމާން ޚާން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދާދިފަހުން ނަން ބަދަލުކުރިކަން އިއުލާނުކުރި ފިލްމު މާތުރަބޫމީ"އިންނެވެ.

ސަލްމާން ސިފައިންގެ މީހެއްގެ ރޯލު ކުޅެފައިވާ "މާތުރަބޫމީ" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޗިތުރަންގަދާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.

comment ކޮމެންޓް