ޝާހިދުގެ ވަރުގަދަ ތުރިލާ ފިލްމު 'އޯ ރޯމިއޯ' ސްޓްރީމިންގްއަށް ދޫކޮށްލަނީ

ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ އެކުގައި ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާ، އިންތިޒާރުކުރެވުނު ލޯބީގެ ތުރިލާ ފިލްމު 'އޯ ރޯމިއޯ' ޑިޖިޓަލް ސްޓްރީމިންގް ޕްލެޓްފޯމަކަށް އައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސިނަމާތަކުގައި ކާމިޔާބު ދަތުރެއްކުރުމަށްފަހު، އެމެޒޯން ޕްރައިމް ވީޑިއޯ މެދުވެރިކޮށް ގޭތެރޭގައި ފިލްމު ބަލާލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބިގެންދާނެ މަގުފަހިވުމެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގެ މަޝްހޫރު ލިޔުންތެރިޔާ ހުސައިން ޒައިދީގެ ލިޔުންތަކުގެ މައްޗަށެވެ. މި ފިލްމަކީ ނުރައްކާތެރި ގޭންގްސްޓަރެއްގެ ދިރިއުޅުމާއި، އޭނާގެ ހަޔާތަށް އަންނަ ލޯބީގެ ސަބަބުން ހިނގާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ، 90 ގެ އަހަރުތަކުގެ މުމްބާއީގެ ފަޒާ ދައްކުވައިދޭ ތުރިލާއެކެވެ. ވިޝާލް ބަރަދްވާޖްގެ ޑައިރެކްޝަން އަދި ސާޖިދު ނަދިއަދްވާލާގެ ޕްރޮޑަކްޝަންގެ މި ފިލްމަކީ ޖަޒުބާތުތަކާއި ކުށުގެ ވެށީގެ ތެރޭގައި ހިނގާ ވަރުގަދަ ތަޅާފޮޅުންތަކުން ފުރިގެންވާ ފިލްމެކެވެ.

  • ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީގެ ޖޯޑު ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެންދާ ފިލްމު 'އޯ ރޯމިއޯ' އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރަން ފަށަނީ.
  • ފިލްމު މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުޑަ ފީއެއް ދައްކައިގެން ބެލޭނެ އިރު، އަންނަ މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ސަބްސްކްރައިބަރުންނަށް ހިލޭ ބަލާލެވޭނެ.
  • މި ފިލްމަކީ ހުސައިން ޒައިދީގެ 'މާފިއާ ކުއީންސް އޮފް މުމްބާއީ' އަށް ބިނާކޮށް، 90 ގެ އަހަރުތަކުގެ މުމްބާއީގެ ގޭންގްސްޓަރ ދިރިއުޅުން ދައްކުވައިދޭ ވާހަކައެއް.
  • ވިޝާލް ބަރަދްވާޖް ޑައިރެކްޓްކޮށް، ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރި މި ފިލްމުގައި ކުށުގެ ދުނިޔެއާއި ލޯބީގެ އަސަރުގަދަ މަންޒަރުތައް ހިމެނޭ.

ބޮލީވުޑްގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ތުރިޕްތީ ދިމްރީ އެކުގައި ކުޅުނު ފުރަތަމަ ފިލްމު "އޯ ރޯމިއޯ" މި ހަފްތާ ބަންދުގައި ސްޓްރީމިންގްއަށް ދޫކޮށްލަން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ލޯބީގެ މި ތުރިލާ ޕްރީމިއާކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ވަރަށް ކުޑަ ފީއެއް ދެއްކުމަށްފަހު ފިލްމު ބެލުމުގެ ފުރުސަތު ބެލުންތެރިންނަށް ލިބޭޏެ ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

އަދި ހަމައެއާއެކު އަންނަ މަހުގެ ދެވަނަ ހަފްތާއިން ފެށިގެން ޕްރައިމްގެ ހުރިހާ ސަބްސްކްރައިބާސްއަށް ވެސް ފިލްމު ހިލޭ ބަލާލެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާގެ ކުޅަދާނަ ލިޔުންތެރިޔާ ހުސައިން ޒައިދީގެ 'މާފިއާ ކުއީންސް އޮފް މުމްބާއީ'އަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަކީ 90 ގެ އަހަރުތަކުގެ މުމްބާއީގައި ހަރަކާތްތެރިވި ނުރައްކާތެރި ގޭންގްސްޓާއެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ޝާހިދު އަދި ތުރިޕްތީ ފިލްމު "އޯ ރޯމިއޯ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ވިޝާލް ބަރަދްވާޖް ޑައިރެކްޓްކޮށް، ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުން ކުށުގެ ދުނިޔެއާއި، ލޯތްބާއި، އަސަރުގަދަ ޖަޒުބާތުތަކެއް ބެލުންތެރިންނަށް ވަނީ ދައްކުވައިދީފައެވެ.

މި ފިލްމުގައި ދައްކުވައިދެނީ ނުރައްކާތެރި ގޭންގްސްޓަރެއްގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ. ހަޔާތަށް އަންނަ ލޯބިވެރިއެއްގެ ސަބަބުން އުފެދޭ ބޮޑު ގޭންގް ހަނގުރާމައެއްގެ ތެރޭ ކުށުގެ ވެށީގައި ހިނގާ ވަރަށް ވަރުގަދަ ތަޅާފޮޅުންތަކެއް ފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ.

ޝާހިދު ކަޕޫރު އަދި ތުރިޕްތީ ދިމްރީގެ އިތުރުން މި ފިލްމުން ފެންނާނެ މުހިއްމު ތަރިންގެތެރޭ ތުރިޕްތީ ދިމްރީ، އަވިނާޝް ތިވާރީ، ނާނާ ޕަޓޭކަރް، ފަރީދާ ޖަލާލް، ހުސައިން ދަލާލް، ތަމަންނާ ބާޓިއާ، ދިޝާ ޕަޓާނީ އަދި ވިކްރާންތު މަސީ ހިމެނެއެވެ.

comment ކޮމެންޓް