ހަތާވީސް ވިލޭރޭގެ އަޅުކަމަށް ރޭ ހަރަމްފުޅަށް 3 މިލިއަން މީހުން ދިޔަ

ހަތާވީސް ވިލާރޭގެ އަޅުކަމަށް ކައުބަތުﷲ ގެފުޅަށް މީހުން ޖަމާވެފައި. ފޮޓޯ/ދަ އިސްލާމިކް އިންފޮމޭޝަން

ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ، ކައުބަތުﷲ ގެފުޅު ސަރަހައްދަށް 3.4 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އަޅުކަން ކުރުމަށް ޖަމާވެފައެވެ. މިއީ ހަރަމްފުޅުގެ އާންމު ކެޕޭސިޓީއަށް ވުރެ ބޮޑު އަދަދެއްކަމުން، ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ބޮޑު ތިލަފަތް މެނޭޖްކުރުމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މި ރޭ އިމާމުވެ ނަމާދުކުރެއްވީ ޝައިހް އަބްދުއްރަހްމާން އައް ސުދައިސް އެވެ. މުޅި ހަރަމްފުޅުގެ އިތުރުން ވަށައިގެންވާ ސަރަހައްދާއި މަގުތައް ވެސް ވަނީ މީހުންނާ ފުރިފައެވެ.

  • ހަރަމްފުޅަށް 3.4 މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވުން
  • ސައުދީން ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުން
  • ޝައިހް އަބްދުއްރަހްމާން އައް ސުދައިސް އިމާމުވެ ނަމާދުކުރެއްވުން
  • ހަރަމްފުޅުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ޖަމާވުން

ބަރަކާތްތެރި ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭގެ އަޅުކަމަށް ކައުބަތުﷲ ގެފުޅު ފުރެންދެން މީހުން ރޭ ޖަމާވެއްޖެއެވެ.

ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އުމްރާގެ އަޅުކަމަށް ގޮސް އުޅޭ މީހުންނަށް ޚާއްސަ އިސްކަމެއްދީ ހަރަމްފުޅަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

ރަމަޟާން މަހުގެ ފަހު 10 ގެ ރޭތަކުގައި އާންމުކޮށް ހަރަމްފުޅު ސަރަހައްދަށް އެތަނުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން ޖަމާވެއެވެ. އަދި 27 ވިލޭރެއަކީ އަބަދުވެސް އާދަޔާ ހިލާފަށް މީހުން ގިނައިން ދާ ރެއެކެވެ.

ހަތާވީސް ވިލޭރޭގެ އަޅުކަމަށް 3.4 މިލިއަނަށް ވުރެ ގިނަ މީހުން ހަރަމްފުޅަށް ވަދެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

ހަރަމްފުޅުގެ ކެޕޭސިޓި ދެ މިލިއަނަށްވުރެ ގިނައެވެ. މުޅި ހަރަމްފުޅު ފުރި ވަށައިގެންވާ ސަރަހައްދުގެ އިތުރުން މަގު މަތީގައިވެސް މީހުން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޭ ހަރަމްފުޅުގައި ވަނީ ޝައިހް އަބްދުއްރަހްމާން އައް ސުދައިސް އިމާމުވެ ނަމާދުކުރައްވައި ޚާއްސަ ދުއާއެއް ވިދާޅުވެފައެވެ.

މިދިޔަ އަހަރު 27 ވިލޭރޭ ކައުބަތުﷲ ގެފުޅުގެ އިތުރުން މަދީނާގައި ހުންނަ މަސްޖިދުއް ނަަބަވީއަށް އިޝާ ނަމާދާއި ތަރާވީހް ނަމާދަަށް ހަތަރު މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ދިޔައެވެ.

comment ކޮމެންޓް