ޔާމީނާއެކު މަސައްކަތް ކުރަން ބޭނުންވޭ، ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރަން: ޞާލިޙާއި ނަޝީދު

ނަޝީދާއި ޔާމީނާއި ޞާލިޙް: ނަޝީދާއި ޞާލިޙް ވަނީ ޔާމީނާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައި --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެ މަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޚިޔާލު ތަފާތުވުން ބޮޑު، ނަޝީދާއި ޞާލިޙް އެހެން ވިދާޅުވީ، ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވުމަށް ފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި، ދެ ބޭފުޅުން ޔާމީނާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޞާލިޙް ވިދާޅުވީ، އެ މަނިކުފާނާ އެކީ ވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ.

"ރައީސް މައުމޫނު އަރިހުގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދާއި ޞާލިޙް: ޔާމީނާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ/ އެމްޑީޕީ

ޞާލިޙް ވިދާޅުވީ، ޔާމީނާއެކު މަސައްކަތް ކުރެވޭނެ ގޮތެއްގެ ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިހާރު ގައުމު މި އޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރި. އެހެންވީމަ އެ ކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެން އެދޭ ކަމެއް،" ދެ ބޭފުޅުން ވެސް އެއްބަސްވަމުން ވިދާޅުވިއެވެ.

ނަޝީދާއި ޞާލިޙް ބައްދަލުކުރައްވައިފައި ވަނީ، 2023ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް، ދެ ބޭފުޅުންގެ ގުޅުން ގޯސްވި ގޮތަށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ވެސް ޕާޓީގައި ދެ ބޭފުޅުންގެ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަން ވެސް އެމްޑީޕީގެ ތެރޭގައި ވަނީ އުފެދިފައެވެ.

ޞާލިޙާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ޝައުގުވެރިކަން ގެންގުޅުއްވާއިރު އޭނާ މިހާތަނަށް އިއުލާނެއް ނުކުރައްވައެވެ. ފައްޔާޒާއި ނަޝީދު އެކުގައި މަސައްކަތްކުރައްވާއިރު، ޝާހިދާއި ޞާލިޙް ފެންނަނީ އެކުގައި މަސައްކަތްކުރައްވާ މަންޒަރެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި ޞާލިޙް ވެސް ވަނީ، ރިޔާސީ އިންތިޚާބުގެ ކެންޑިޑެސީގެ ވާހަކަ ދެއްކުން މިވަގުތަށް މަޑުޖައްސާލައިފައި ބާއްވަން ދެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ދެހާސް ތޭވީހުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ނަޝީދު އެމްޑީޕީން ވަކިވެޑައިގެން، އަމިއްލަ ޕާޓީއެއް އުފައްދަވައި، އެ ޕާޓީން ވެސް ކެންޑިޑޭޓެއް ނެރުއްވިއެވެ. އެ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ނަޝީދު، އޭރު ޖަލުގައި އިންނެވި ޔާމީން މިނިވަން ކުރަން ގޮވާލައްވައި، އެ މަނިކުފާނު މިނިވަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ފަހުން ގެޔަށް ބަދަލުކޮށްފައިވާ، ޔާމީން ގެންދަވަނީ ކޮންމެ ހަފުތާއަކު ވެސް އަމިއްލަ ގެކޮޅުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަމުންނެވެ. އެ ބައްދަލުވުންތަކުގައި، އެ މަނިކުފާނުގެ ތާއިދާއެކު ގެންނެވި މި ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރައްވައެވެ. އަދި ރާއްޖެއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ މައްސަލަތައް ފަދަ ގިނަ ކަންކަން ޞާލިޙްގެ ވެރިކަމާ ގުޅުވައި، އެ މަނިކުފާނަށް ވެސް ވަރަށް ގިނައިން ފާޑުވިދާޅުވެއެވެ.

https://sun.mv/198853

މީގެ އިތުރުން، މިދިޔަ އަހަރު ޔާމީން ރާއްޖެ ޓީވީގެ ޕްރޮގްރާމަކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ، އެމްޑީޕީއާއެކު މަަސައްކަތް ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށާއި، އެ ޕާޓީއާ ފިކުރު ތަފާތު ކަމަށް ވިދާޅުވެފައެވެ.

ޔާމީން ވެސް ވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.

comment ކޮމެންޓް